ENGLISH

21 މޭ 2026

Advertisement

ކ. ގުޅީ ސްކޫލްގެ އާ އިމާރާތުގެ މަސައްކަތް ކުރިއަށް ދަނީ

21 މޭ 2026

|

ފާތުމަތު އަދާ

ކ.ގުޅީ ސްކޫލްގެ އާ އިމާރާތުގެ ސްލެބް ރީއިންފޯސްމަންޓް މަސައްކަތް/ފޮޓޯ:އެމްޓީސީސީ

ކ.ގުޅީ ސްކޫލްގައި އިމާރާތްކުރާ ހަ ކްލާސްރޫމުގެ ދެވަނަ ފްލޯގެ ސްލެބް ރީއިންފޯސްމަންޓް މަސައްކަތް މިހާރު ކުރިއަށްދާ ކަމާށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

 މިދިޔަ އަހަރުގެ އޭޕްރިލް މަހު އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫޢުގެ އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ (ރިޓަޔާރޑް) ޑީ.ސީ.ޕީ އަޙްމަދު ސައުދީ އެވެ. އަދި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އިސްމާޢީލް ޝަފީޢު އެވެ.

ގުޅީގައި އިމާރާތްކުރާ ހަ ކްލާސް ރޫމް އާއި މަލްޓި ޕާޕަސް ހޯލު ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ޚިދުމަތް ދެވެން ފެށުމާއެކު، އެރަށުގައި ކިޔަވަމުންދާ ދަރިވަރުންގެ އިތުރުން އެ ސްކޫލުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވެސް ވަރަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު