ENGLISH

21 މޭ 2026

Advertisement

ހަނގުރާމައިގެ ސަބަބުން ޓީޓީ ކޯޗު އެނބުރި އީރާނަށް

21 މޭ 2026

|

އިސްމާއިލް ޝާހު

ސައުދީ އަރަބިއްޔާގައި ކުރިއަށްދިޔަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ތެރެއިން ގައުމީ ޓީޓީ ޓީމުގެ ކޯޗު މަހުދީ ހޯޝްމަރަމް --- ފޮޓޯ: އެމްއޯސީ

އީރާނުގައި ކުރިއަށްދާ ހަނގުރާމައާ ގުޅިގެން އާއިލާ ކައިރީގައި ހުންނަން ބޭނުންވާތީވެ، ރާއްޖޭގެ ގައުމީ ޓޭބަލް ޓެނިސް ޓީމުގެ ކޯޗު މަހުދީ ހޯޝްމަރަމް އެނބުރި ގައުމަށް ދާން ނިންމައިފިއެވެ.

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް) އިން ބުނީ ގައުމީ ޓީޓީ ޓީމުގެ ކޯޗެއްގެ ގޮތުގައި އަހަރަކަށް ވުރެ ގިނަ ދުވަހު މަސައްކަތްކުރި އީރާނުގެ ކޯޗު މިއަދުގެ ވަގުތެއްގައި އެނބުރި ގައުމަށް ދިޔުމަށް ފުރާނެ ކަމަށެވެ. އަދި އޭނާގެ ކޯޗުކަމުގައި ރާއްޖޭގެ ޓީޓީ ކުރިއެރުވުމަށް ކުރި މަސައްކަތް ފާހަގަކޮށް ޝުކުރުއަދާކުރާ ކަމަށާއި، ކޯޗަށް ކާމިޔާބީއަށް އެދޭ ކަމަށްވެސް ވަނީ ބުނެފައެވެ.

ސައުދީ އަރަބިއްޔާގައި ކުރިއަށްދިޔަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖެއިން ލޯ މެޑެލް ހޯދި ޓީޓީ ޓީމު --- ފޮޓޯ: އެމްއޯސީ

ޓީޓީ ކޯޗު އެނބުރި ގައުމަށް ފުރާއިރު، އޭނާ އާއެކު މީގެ ކުރިން ހަދާފައިވާ އެއްބަސްވުން ހަމަވެފައިވާ ކަމަށްވެސް ޓީޓީއޭއެމް އިން މައުލޫމާތުދެއެވެ.

މަހުދީގެ ކޯޗުކަމުގައި ރާއްޖޭގެ ގައުމީ ޓީޓީ ޓީމުތަކުން ވަނީ ރަނގަޅު ކާމިޔާބީތަކެއް ހޯދާފައެވެ. އެ ގޮތުން މިދިޔަ އަހަރު ސައުދީ އަރަބިއްޔާގައި ކުރިއަށްދިޔަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖެއިން ލޯ މެޑެލް ހޯދިއިރު، މިދިޔަ އަހަރު ނޭޕާލްގައި އޮތް ދެކުނު އޭޝިއާ މުބާރާތާއި، މި އަހަރު އިންޑިއާގައި ކުރިއަށްދިިޔަ ދެކުނު އޭޝިއާ މުބާރާތުން ފާހަގަކޮށްލެވޭ ގިނަ ކާމިޔާބީތަކެއް ވަނީ ހޯދައިފައެވެ.

ކިޔުންތެރިންގެ ހިޔާލު