ENGLISH

21 މޭ 2026

Advertisement

ސަރުކާރުގެ ސްކޫލުތަކުން އޭލެވެލް ކިޔެވުމަށް ފުރުސަތު ހުޅުވާލައިފި

21 މޭ 2026

|

ހަނާން އަހުމަދު ނައީމް

އޭލެވެލް ކިޔަވާ ދަރިވަރުންތަކެއް ސްކޫލެއްގައި. ފޮޓޯ: ދަރިވަރު.ކޮމް

ސަރުކާރުގެ ސްކޫލުތަކުން އޭލެވެލް ކިޔެވުމަށް ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު ތައުލީމާއި މަތީ ތައުލީމާއި ހުނަރުތައް ތަަރައްޤީކުރުމާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

އެ ވުޒާރާއިން މި ފުރުސަތު ހުޅުވާލައިފައިވަނީ، އަންނަ ބުދަ ދުވަހުގެ ނިޔަލަށެވެ.

ސަރުކާރުގެ ސްކޫލުތަކަށް އޭލެެވެލް ކިޔަވަން ވަދެވޭނީ، މިދިޔަ އަހަރުގެ ނިޔަލަށް އުމުރުން 16 އަހަރު ފުރި 17 އަހަރު ނުފުރޭ ދަރިވަރުންނަށެވެ.

އެ އުމުރު ހަމަވުމުންވެސް ގްރޭޑް 10 ނިންމައި، ގްރޭޑް 11 އަށް ވަނުމަށް ޝަރުތު ހަމަވާ ދަރިވަރުންގެ ތެރެއިން އުމުރުން 18 އަހަރު ނުފުރޭ ކުދިންނަށް ވެސް މި ފުރުސަތުގައި ފޯމް ހުށަހެޅޭނެއެވެ.

އޭލެވެލް ކިޔެވޭނެ ޝަރުތުތަކުގެ ތެރޭގައި އޯލެވެލް އިމްތިހާނާއި ބީޓެކްގެ އިމްތިހާނުގެ ތެރެއިން އެއް އިމްތިހާނުން ތިން މާއްދާ އިން ނުވަތަ ފަސް މާއްދާއާ ހަމައަށް ފާސްވާ ދަރިވަރުންނަށް ފުރުސަތުގައި ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.

އޭލެވެލް އިމްތިހާނު ހަދާ ކުދިންގެ އަދަދު އިތުރު ކުރުމަށް މިދިޔަ އަހަރު ވަނީ ކްރައިޓީރިއާއަށް ބަދަލުތަކެއް ވެސް ގެނެސްފައެވެ. އަދި އޭލެވެލަށް ކިޔެވޭނެ ތިން މަގެއް ފަހިކޮށްފައިވާއިރު، އެކަޑެމިކް ސްޓްރީމާއި ސްކޫލްގައި ކުރިއަށް ގެންދާ ވޮކޭޝަނަލް އެޑިއުކޭޝަނާއި މަސައްކަތުގެ މާހައުލުގައި ކިޔެވުމުގެ އެޕްރެންޓިޝިޕް ޕްރޮގްރާމް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު