ENGLISH

21 މޭ 2026

Advertisement

ރައީސް ބައިވެރިވަޑައިގަންނަވާ "ނޭޝަން ޗެޓް" ޕްރޮގްރާމް މިރޭ ފަށަނީ

21 މޭ 2026

|

ޢަލީ ޝަހީމް

ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުދައްކަވަނީ. "ނޭޝަން ޗެޓް" ގެ ނަމުގައި ރައީސް ބައިވެރިވެވަޑައިގަންނަވާ ޕްރޮގްރާމް މިރޭ ދައްކާނެ. ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވަޑައިގަންނަވާ "ނޭޝަން ޗެޓް" ޕްރޮގްރާމް މިރޭ ފަށާނެއެވެ. 

މިއީ ސަރުކާރުގެ މަސައްކަތްތަކާ ގުޅޭގޮތުން ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޢުލޫމާތު ހާމަކުރައްވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ގެނެސްދެނީ ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިންނެވެ. 

ޕީއެސްއެމް އިން ބުނީ "ނޭޝަން ޗެޓް" ގެ ފުރަތަމަ ޕްރޮގްރާމް މިރޭ 9 ޖަހާއިރު ޕީއެސްއެމް ނިއުސް، ޓީވީއެމް އަދި ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭނެ ކަމަށެވެ. 

މި ޕްރޮގްރާމް އެމްއެމްޓީވީން ވެސް ގެނެސްދޭގޮތަށް ވަނީ ހަމަޖެހިފައެވެ. 

މިރޭ ގެނެސްދޭ ފުރަތަމަ އެޕިސޯޑުގައި ރާއްޖޭގެ ސިޔާސީ މަސްރަހާއި، ތަރައްޤީއާއި ޞިއްޙީ އަދި އިޖުތިމާއީ މައްސަލަތަކާއި ވަތަނީ ޚިދުމަތާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ މަޢުލޫމާތު ޙިއްސާކުރައްވާނެއެވެ. 

"ނޭޝަން ޗެޓް" ގެ ނަމުގައި ރައްޔިތުންނަށް ސަރުކާރުގެ އަދާހަމަ ގެނެސްދޭން ތައްޔާރުވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ކޮންމެ ހޯމަ ދުވަހަކު ނޫސްވެރިންނާ ބައްދަލުކުރައްވައި މަޢުލޫމާތުތައް ހާމަކުރައްވަމުންނެވެ. އަދި ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވެސް ގެންދަވަނީ ކޮންމެ ބުރާސްފަތި ދުވަހަކު ނޫސްވެރިންނާ މަޢުލޫމާތު ހިއްސާކުރައްވަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު