ENGLISH
21 މޭ 2026
ދުނިޔޭގެ ވިސްލްބްލޯވާ ދުވަސް ފާހަގަކުރުމަށް ވީޑިއޯ މުބާރާތެއް ހުޅުވާލައިފި
21 މޭ 2026
|
ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
އެންމެ މަޤްބޫލު
ދުނިޔޭގެ ވިސްލްބްލޯވާ ދުވަސް ފާހަގަކުރުމުގެ ގޮތުން، ހިއުމަން ރައިޓްސް ކޮމިޝަންގެ ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓުން ވީޑިއޯ މުބާރާތެއް އިއުލާނުކޮށްފިއެވެ.
އެ ކޮމިޝަނުން ބުނި ގޮތުގައި މި މުބާރާތަކީ ނޭދެވޭ ކަންކަމާއި ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލުމުގެ މުހިންމުކަމާ ގުޅޭ ގޮތުން ހޭލުންތެރިކުރުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.
"ބްރޭކިން ދަ ސައިލެންސް: ވައި ސްޕީކިންގް އަޕް މެޓަރސް" ނުވަތަ "ހަނުހުރުން ހުއްޓާލުން: ބަސްބުނުމުގެ މުހިންމުކަން" މި ޝިއާރުގެ ދަށުން ބާއްވާ މި މުބާރާތް އާންމުންނަށް ހުޅުވާލާފައިވާއިރު، މި މުބާރާތަކީ ވަކިވަކި ފަރުދުންނަށާއި ގްރޫޕްތަކަށް ވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިފައިވާ މުބާރާތެކެވެ.
ހިއުމަން ރައިޓްސް އިން ނެރުނު އިއުލާނުގައި ވާ ގޮތުގައި، ބައިވެރިން ހުށަހަޅަންވާނީ 40 ސިކުންތާއި 60 ސިކުންތާ ދެމެދުގެ ދިގުމިނުގެ، މަންޒަރާއި އަޑު ސާފު، ލޭންޑްސްކޭޕް ފޯމެޓްގެ ކުރު ވީޑިއޯތަކެވެ. ވީޑިއޯތައް ދިވެހި ބަހުން ނުވަތަ އިނގިރޭސި ބަހުން ހުށަހެޅިދާނެއެވެ. ނަމަވެސް އެހެން ބަހަކުން ތައްޔާރުކޮށްފައިވާ ވީޑިއޯއެއް ނަމަ، އިނގިރޭސި ސަބްޓައިޓަލް ހިމަނަންވާނެއެވެ.
އެޗްއާރްސީއެމް އިން ބުނީ މި މުބާރާތަށް ހުށަހެޅިދާނެ މައުޟޫއުތަކުގެ ތެރޭގައި ކޮރަޕްޝަނާއި ނޭދެވޭ އަމަލުތައް ހާމަކުރުމާއި ރައްކާތެރިކަމާއެކު ރިޕޯޓްކުރުން، ނޭދެވޭ އަމަލުތަކާ ދެކޮޅަށް އަޑުއުފުލުން، ރިޕޯޓްކުރާ ފަރާތްތަކަށް ދޭ ބަދަލުހިފުމުގެ އަމަލުތަކުން ރައްކާތެރިކަން ހޯދައިދިނުން، ނަޒާހަތްތެރިކަމާއި ޒިންމާދާރުކަން، ނޭދެވޭ އަމަލުތައް ރިޕޯޓްކުރުމުގެ ހިތްވަރު، އަދި ދެފުށް ފެންނަ ނިޒާމަކާއި އިންސާފު ގާއިމުކުރުމަށް ބާރުއެޅުން ހިމެނެއެވެ.
ބައިވެރިން ފުރިހަމަކޮށްފައިވާ ވީޑިއޯއާއި ސަބްމިޝަން ފޯމު ހުށަހަޅަން ދީފައިވާ ތާރީހަކީ 10 ޖޫން 2026 ގެ ނިޔަލެވެ.
މި ވީޑިއޯތައް 14 ޖޫން 2026 އިން ފެށިގެން ޑަބްލިއުބީޕީޔޫ (WBPU) އަދި އެޗް.އާރް.ސީ.އެމްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހިއްސާކުރާނެއެވެ.
ވީޑިއޯތަކަށް އާންމުންގެ ވޯޓުލުން ބަންދުވާނީ 22 ޖޫން 2026 ގެ ހެނދުނު 10:00 ގައެވެ. މި މުބާރާތުގައި ބައިވެރިވުމަށް އެއްވެސް ފީއެއް ދައްކަން ނުޖެހޭނެއެވެ.
އެންމެ މޮޅު ތިން ހުށަހެޅުމަކަށް ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެއްވަނައަށް 5,000 ރުފިޔާ، ދެވަނައަށް 3,000 ރުފިޔާ، އަދި ތިންވަނައަށް 1,500 ރުފިޔާ ލިބޭނެ ކަމަށް އެޗްއާރްސިއެމް އިން ބުނެއެވެ.
މޮޅުވި ފަރާތްތައް އިޢުލާންކުރާނީ 23 ޖޫން 2026 ގައި ބޭއްވުމަށް ހަމަޖެހިފައިވާ "ވަރްލްޑް ވިސުލްބްލޯވަރ ޑޭ" ގެ މުނާސަބަތުގައެވެ. އަދި މި ޙަފުލާގައި ހޮވާލެވޭ ބައެއް ވީޑިއޯތައް ދައްކާލުންވެސް އޮންނާނެއެވެ.