ENGLISH

21 މޭ 2026

Advertisement

16 އަހަރުން ދަށުގެ ގައުމީ ޖޫނިއަރ ޗެމްޕިއަންޝިޕުގެ ތަށި ކާންޏަށް

21 މޭ 2026

|

އިސްމާއިލް ޝާހު

16 އަހަރުން ދަށުގެ ގައުމީ ޖޫނިއަރ ޓީ20 ޗެމްޕިއަންޝިޕް ކާމިޔާބުކުރި ކާނި ޓީމު --- ފޮޓޯ: ސީބީއެމް

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) ގެ ދަށުން ހިންގަމުން އަންނަ ކްރިކެޓް އެކެޑަމީ އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ 16 އަހަރުން ދަށުގެ ގައުމީ ޖޫނިއަރ ޓީ20 ޗެމްޕިއަންޝިޕް 2026 ގެ ޗެމްޕިއަންކަން ކާނިން ހޯދައިފިއެވެ.

މާލޭ ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި މިދިޔަ އަންގާރަ ދުވަހު ކުޅުނު ފައިނަލް މެޗުގައި ކާނި ނުކުތީ މަދޮއްޓާ ދެކޮޅަށެވެ. މި މެޗު ކާނިން ކާމިޔާބުކުރީ 38 ލަނޑުންނެވެ.

މި މެޗުގެ ގުރު ދިމާވުމުން މަދޮށިން ނިންމީ ހޮވުމަށެވެ. އެއާއެކު ކާނި އެންމެ ފުރަތަމަ ކުޅެން އަރައި 20 އޯވަރު ހަމަވިއިރު ދެ ކުޅުންތެރިން ނުބައިވެގެން ވަނީ 155 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 57 ބޯޅައިން 74 ލަނޑު ހެދި މުޙައްމަދު ޝިފާން އާއި، ނުބައިނުވެ 64 ބޯޅައިން 38 ލަނޑު އެއްކުރި އުމެއިރު އިބްރާހީމް ނަސީރެވެ.

ޖަވާބުގައި މަދޮށި ކުޅެން އަރައި 20 އޯވަރު ހަމަވިއިރު ފަސް ކުޅުންތެރިން ނުބައިވެގެން ހެދުނީ 117 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 57 ބޯޅައިން 51 ލަނޑު ހެދި މުޙައްމަދު ޖޫދު އަޙްމަދު މަންސޫރެވެ. 

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ ޝަރަފު ހޯދާފައިވަނީ ކާނީގެ ކެޕްޓަން މުޙައްމަދު ޝިފާނެވެ. އޭނާ ވަނީ 74 ލަނޑު ހެދުމުގެ އިތުރުން، ތިން ވިކެޓް ނަގައި، އެއް ބޯޅަ ހިފާފައެވެ.

16 އަހަރުން ދަށުގެ ގައުމީ ޖޫނިއަރ މުބާރާތުގައި ވާދަކޮށްފައިވަނީ 4 ޓީމެކެވެ. އެއީ ކާނި، މަދުށި، ހެލެނބެލި އަދި ފުނައެވެ. މި މުބާރާތުގެ ތިންވަނަ ހޯދާފައިވަނީ ހެލެނބެލިންނެވެ.

ކިޔުންތެރިންގެ ހިޔާލު