ENGLISH

20 މޭ 2026

Advertisement

ސާޖަންޓް ފަސްޓް ކްލާސް މަހުދީ ނިޔާވުން: ހާދިސާ ހިނގިގޮތް ދަނީ ބަލަމުން

20 މޭ 2026

|

އަޙުމަދު ޙަމީދު

މަހުދީ --

މެއި 16 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ސަރޗް އޮޕަރޭޝަންގައި ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ނިޔާވި ހިތާމަވެރި ހާދިސާ ހިނގަން މެދުވެރިވި ގޮތް ގެންދަނީ ބަލަމުން ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.

މަހުދީ ނިޔާވީ ފެލިދެއަތޮޅުގައި ފީނަން ދިޔަ ޑައިވަރުންގެ ތެރެއިން ގެއްލުނު ހަތަރު ޑައިވަރުން ހޯދުމަށް އެމްއެންޑީއެފުން ކުރިއަށްގެންދިޔަ ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަނުގައި ޑައިވްކުރަނިކޮށެވެ. ހާލު ދެރަވެ ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެނައި ނަމަވެސް ކުޑައިރުކޮޅެއްގެ ތެރޭގައި ނިޔާވީ އެވެ.

ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީ ނިޔާވުމުގެ ހިތާމައިގައި، 48 ގަޑިއިރަށް ސިފައިންގެ ދިދަ ވަނީ ބައިދަނޑިއަށް ތިރިކޮށްފަ އެވެ.

ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ދިވެހި ސިފައިންގެ ހިދުމަތާ ގުޅިވަޑައިގަތީ 19 ޑިސެމްބަރު 2005 ގަ އެވެ. މިއަދާ ހަމައަށް މަހުދީ ވަނީ ސިފައިންގެ ހިދުމަތުގައި 20 އަހަރާއި ހަތަރު މަސް ދުވަހު މަސައްކަތްކުރައްވާފައެވެ. 

ކިޔުންތެރިންގެ ހިޔާލު