ENGLISH
20 މޭ 2026
ހިތަދޫ އުތުރު ބައި-އިލެކްޝަން: ކޮންގްރެސްގެ ކެމްޕެއިނަށް އިސްވެރީން އައްޑޫއަށް
20 މޭ 2026
|
މަޖިލީހުގެ ރައީސް އައްޑޫއަށް ވަޑައިގަތުން --
އެންމެ މަޤްބޫލު
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން 2026 އިންތިޚާބުގެ ކެމްޕެއިނަށް ކޮންގްރެސް ޕާޓީގެ އިސް ބޭފުޅުން އައްޑޫ ސިޓީއަށް ވަޑައިގެންފި އެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ކޮންގްރެސްގެ ފަރާތުން ވާދަކުރަނީ ހިތަދޫ މޫލެކެޑެ ދާއިރާގެ ކުރީގެ ކައުންސިލަރު އަހްމަދު ސައީދު އެވެ.
ކޮންގްރެސްގެ ކެމްޕެއިނަށް އައްޑޫއަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި އިސްކޮށް ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކޮންގްރެސް ޕާޓީގެ ޗެއަރޕާސަން އަބްދުއްރަހީމް އަބްދުالله އެވެ. އޭގެ އިތުރުން ކުޅިވަރާއި ޒުވާނުންގެ ވަޒީރު އަބްދުالله ރާފިއުއާއި މަސްވެރިކަމާއި ދަނޑުވެރިކާމާއި ބެހޭ ވަޒީރު އަހްމަދު ޝިޔާމް އާއި ވިލިމާލެ ދާއިރާގެ މަޖިލީސް މެންބަރު މުޙައްމަދު އިސްމާއީލް އެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ އަންނަ ޖޫން މަހުގެ ހަ ވަނަ ދުވަހު އެވެ.