ENGLISH
20 މޭ 2026
ތުރާކުނުގެ ޚިދުމަތްތެރިޔާ ޖަލީލު އަވަހާރުވުން: ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ
20 މޭ 2026
|
ތުރާކުނު ނޫރަންވިލާ، ޢަބްދުﷲ ޖަލީލް
އެންމެ މަޤްބޫލު
ހއ. ތުރާކުނު ކުޑަކަތީބުކަމާއި ކަތީބުކަންވެސް ކުރެއްވި، އެރަށު ނޫރަންވިލާ ޢަބްދުﷲ ޖަލީލް އަވަހާރަވާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ތަޢުޒިޔާގެ މެސެޖުގައި ރައީސް ވަނީ 46 އަހަރަށްވުރެ ދިގު މުއްދަތަކަށް ދިވެހި ދައުލަތަށް ޚިދުމަތްކުރައްވައި ހއ. ތުރާކުނު ކުޑަކަތީބުކަމާއި ކަތީބުކަން ވެސް ކުރެއްވި، އެރަށު ނޫރަންވިލާ ޢަބްދުﷲ ޖަލީލް އަވަހާރަވުމުގެ ހިތާމައިގައި މަރްޙޫމްގެ ޢާއިލާއަށާއި ތުރާކުނުގެ ލޮބުވެތި ރައްޔިތުންނަށް ތަޢުޒިޔާ ދަންނަވާފަ އެވެ.
"މާތްﷲގެ ތަނަވަސް ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމް ޢަބްދުﷲ ޖަލީލް ލައްވާށި," ރައީސްގެ ޕޯސްޓްގައި ލިޔުއްވާފައިވެ އެވެ.
ޢަބްދުﷲ ޖަލީލަކީ ތުރާކުނުގެ ވަރަށް ބޮޑު ޚިދުމަތްތެރި އެކެވެ.
އޭނާގެ ކުޑަކަތީބު ކަމާއި ބޮޑުކަތީބު ކަމުގައި އެ ރަށަށް ގިނަ ކުރިއެރުންތަކެއް ހޯއްދަވައިދެއްވާފައިވެ އެވެ. ޢަބްދުﷲ ޖަލީލަކީ ތުރާކުނު ރައްޔިތުންގެ ވަރަށް ބޮޑު ލޯތްބަކާއި އިޙްތިރާމެއް އޮތް ބޭފުޅެކެވެ.