ENGLISH
20 މޭ 2026
އޭދަފުށީގައި ކުރިއަށްދިޔަ ހަށިހެޔޮރާއްޖެ ޕުރޮގުރާމުގެ ރީޖަން 2 ކާމިޔާބު
20 މޭ 2026
|
ހަށިހެޔޮރާއްޖެ ޕުރޮގުރާމުގެ ރީޖަން 2 ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ
އެންމެ މަޤްބޫލު
ބ. އޭދަފުށީގައި ކުރިއަށްދިޔަ ހަށިހެޔޮރާއްޖެ ޕުރޮގުރާމުގެ ރީޖަން 2 ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްދިޔަ މި ޕްރޮގުރާމުގައި 60 ބައިވެރިން ތަމްރީނު ހެދިއިރު، މި ޕުރޮގުރާމުގައި ނ، ރ، ބ އަދި ޅ އަތޮޅުގެ 17 ސްޕޯޓްސް ކައުންސިލަރުންވެސް ހިމެނުނެވެ.
މި ޕުރޮގުރާމު ނިންމުމުގެ ރަސްމިއްޔާތު އޭދަފުށީ ފުޓްސަލް ދަނޑުގައި ކުރިއަށްދިޔައިރު، މި ރަސްމިއްޔާތުގައި ވަނީ ބައިވެރިންނަށް ސެޓިފިކެޓު ހަވާލުކޮށްފައެވެ. އަދި މި ޕުރޮގުރާމު އޭދަފުށީގައި ފަށާފައިވަނީ އެކަމަށްޓަކައި އެ ރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ.
ހަށިހެޔޮރާއްޖެ ޕުރޮގުރާމަކީ ރާއްޖޭގެ އާބާދީއަކީ ދުޅަހެޔޮ އާބާދީއަކަށް ހެދުމުގެ މަގުސަދުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ އިސްނެންގެވުމުގެ މަތިން ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން ކުރިއަށްގެންދާ ޕޮރުގުރާމެކެވެ. މީގެ ކުރިން މިދިޔަ އަހަރު ފ. ނިލަންދޫގައި ވަނީ މި ޕުރޮގުރާމު 140 ބައިވެރިންނާއެކު ކުރިއަށް ގެންގޮސްފައެވެ.