ENGLISH

20 މޭ 2026

Advertisement

ނާޒިމްގެ އިތުބާރު ނެތް މައްސަލައަށް އެއްގަޑިއިރު ކަނޑައަޅައިފި

20 މޭ 2026

|

އަޙުމަދު ޙަމީދު

މަޖިލީހުގެ ނާއިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަޙުމަދު ނާޒިމް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަކިކުރަން ހުށައެޅި މައްސަލަ ކުރިއަށް ގެންދާނެ ގޮތް އާންމު ކޮމެޓީން ކަނޑައަޅައިފި އެވެ.

ނާޒިމް މަޤާމުން ވަކިކުރުމަށް ނިންމާ ކޮންގްރެސް ޕާޓީން އިތުބާރު ނެތް މައްސަލަ ހުށައަޅާފައިވާތީ އެ މައްސަލަ ކުރިއަށް ގެންދާނެ ގޮތް ކަނޑައެޅުމަށް މިއަދު ބޭއްވި އާންމު ކޮމެޓީގެ ބައްދަލްވުމުގައި ވަނީ އެ މައްސަލަ ކުރިއަށް ގެންދަން އެއްގަޑިއިރުގެ ވަގުތު ކަނޑައަޅާފަ އެވެ.

އެގޮތުން މައްސަލައިގެ ބަހުސަށް ހޭދަކުރަން ކަނޑައަޅާފައިވަނީ 50 މިނެޓެވެ. އަދި ތުހުމަތަކަށް ޖަވާބުދާރީވުމަށް ނާޒިމަށް 10 މިނެޓް ދިނުމަށް ވަނީ ނިންމާފަ އެވެ.

މަޖިލީހުގެ ގަވާއިދުގައި ވާގޮތުން، މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް މަގާމުން ވަކިކުރަން ހުށަހެޅޭނީ މަދުވެގެން މެންބަރުންގެ ހަތަރުބައިކުޅަ އެއްބައިގެ ސޮޔާއެކުގަ އެވެ. އެއީ 24 މެންބަރުންނެވެ. މަގާމުން ވަކިކުރެވޭނީ ޖަލްސާއަށް ހާޒިރުވެ ވޯޓުދޭ މެންބަރުންގެ އަޣުލަބިއްޔަތުން ނެވެ.

ޖުމްލަ 93 މެންބަރުން ތިއްބަވާ މަޖިލީހުގައި ސަރުކާރު ހިންގާ ޕީއެންސީގެ 76 މެންބަރުން ތިއްބަވަ އެވެ. އިތުބާރު ނެތް ކަމުގެ ވޯޓްގައި 73 މެންބަރުން ވަނީ ސޮއިކޮށްފަ އެވެ.

ނާޒިމް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަޤާމަށް އިންތިޚާބުކުރީ 28 މެއި 2024 ގަ އެވެ. އެ ވޯޓުގައި ނާޒިމް 80 ވޯޓު ހޯއްދެވިއެވެ. ނާޒިމާއެކު މަޖިލީހުގެ ރައީސްކަމަށް ވާދަކުރެއްވި އެމްޑީޕީގެ އަޙްމަދު ދީދީއަށް ލިބިވަޑައިގަތީ 12 ވޯޓެވެ. 

ނާޒިމް ވަނީ މީގެކުރިން 17 ވަނަ ރައްޔިތުގެ މަޖިލީހުގައި ވެސް ނައިބު ރައީސްކަން ވެސް ކުރައްވައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު