ENGLISH

13 މޭ 2026

Advertisement

ހިޔާގެ ފްލެޓެއްގެ ރޯވެ އެއްކޮޓަރި ބޭނުންނުކުރެވޭ ވަރަށް އަނދައިފި

13 މޭ 2026

|

އަޙުމަދު ޙަމީދު

އަލިފާނުގެ ހާދިސާގައި ކޮޓަރި އަނދާފައި --

ހިޔާގެ ފްލެޓެއްގެ ރޯވެ އެއްކޮޓަރި ބޭނުންނުކުރެވޭ ވަރަށް އަނދައިފި އެވެ.

އަލިފާނުގެ ހާދިސާ ހިނގީ ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާގެ 10 ވަނަ އެޕާޓްމަންޓުގައި އެވެ.

ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނީ މިއަދު ހިނގި އަލިފާނުގެ ހާދިސާގައި، އެ އެޕާޓްމަންޓަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. އެގޮތުން އެޕާޓްމަންޓުގެ އެއް ކޮޓަރި އެއްކޮށް އަނދައި ބޭނުންނުކުރެވޭ ވަރަށް އަނދާފަ އެވެ.

އެ ގޭގައި ދިރިއުޅޭ ހަތަރު މީހުންގެ އާއިލާއަށް ބޭނުންވާ ޒަރޫރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެ އޮތޯރިޓީން ދަނީ ކުރަމުން ކަމަށް ވެސް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު