ENGLISH
13 މޭ 2026
އަޟްޙާ ޢީދު ބަންދާ ގުޅިގެން އިތުރު ދެ ދުވަސް ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖައްސަވައިފި
13 މޭ 2026
|
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
އެންމެ މަޤްބޫލު
ބަރަކާތްތެރި އަޟްޙާ ޢީދުގެ ބަންދާ ގުޅިގެން އިތުރު ދެ ދުވަސް ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖައްސަވައިފި އެވެެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވަނީ މި މަހުގެ 24 ވާ އާދިއްތަ ދުވަހާއި، 25 ވާ ހޯމަ ދުވަސް ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖެއްސެވުމަށެވެ.
މިގޮތަށް މި ހަމަޖެއްސެވީ، އަޟްޙާ ޢީދުގެ ބަންދާ ގުޅިގެން ޢާއިލާއާއެކު ވީހާވެސް ގިނަ ދުވަސްތަކެއް އެކުގައި ހޭދަކުރުމަށް ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން މެދުނުކެނޑޭގޮތަށް ބަންދު ދުވަސްތައް މުވައްޒަފުންނަށް ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމަށްޓަކައި ކަމުގައި ރައީސް ވިދާޅުވި އެވެ.
އެހެންކަމުން ޢީދު ބަންދަށްފަހު ސަރުކާރުގެ އޮފީސްތައް ދެން ހުޅުވޭނީ، މިހާރު ވެސް ކަލަންޑަރުގައިވާ ގޮތުގެ މަތީން މި ހިނގާ މޭ މަހުގެ 31 ވާ އާދީއްތަ ދުވަހު އެވެ.
މިހާރު އަޟްޙާ ޢީދުގެ ބަންދުގެ ގޮތުގައި ނުވަ ދުވަސް ލިބިގެންދާނެ އެވެ.