ENGLISH
13 މޭ 2026
އިސްލާމީ ވުޒާރާގެ ހިދުމަތްތައް ޑިޖިޓަލައިޒްކޮށް މިނިވަންދުވަހަށް ނިންމަނީ
13 މޭ 2026
|
އިސްލާމީ ވުޒާރާގެ ހިދުމަތްތައް ޑިޖިޓަލައިޒްކުރުމުގެ މަސައްކަތްތައް އަންނަނީ ކުރަމުން.
އެންމެ މަޤްބޫލު
އިސްލާމީ ވުޒާރާއާއި ވުޒާރާގެ ދަށުން ހިނގާ މުއައްސަސާތަކުގެ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް މިނިވަންދުވަހަށް ނިންމާލުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެ އެވެ.
ވަޒީރު ފޭސްބުކުގައި ލިޔުއްވި މެސެޖެއްގައި ވިދާޅުވީ އިސްލާމީ ވުޒާރާއާއި ވުޒާރާގެ ދަށުން ހިނގާ މުއައްސަސާތަކުގެ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ. އަދި އަމާޒަކީ ޖުލައި 26 އަށް މި މަސައްކަތް ނިންމައި ލޯންޗުކުރުންކަމަށް ވިދާޅުވި އެވެ.
ވަޒީރު ވަނީ ވުޒާރާގެ މައި ޕޯޓަލް އަށް ކިޔާނެ ދާއިރާގެ މަސައްކަތާއި ގުޅޭ ރީތި ނަމަކާމެދު މަޝްވަރާކުރަމުންދާތީ ދިވެހި ނުވަތަ އިސްލާމީ އިދާރީ ސަގާފަތާ ގުޅޭ ނަމެއް ހޯދުމަށް އާއްމުންގެ ހިޔާލަށް ވެސް އެދިވަޑައިގެންފަ އެވެ.
"ބައެއް ބޭފުޅުން ހުށަހަޅުއްވާ "ވިޒާރާ" "މިނާރާ" "ދޯދިވެތި" " ގާވިތަ" "މަލަ" މި ނަންތައް ވަނީ ލިބިފަ. އަދިވެސް ފުޅާ ދާއިރާއެއްގައި މިކަމަށް ހިޔާލު ބަދަލުކޮށްލަން ބޭނުން. އިސްލާމީ މައި އިދާރާގެ ޕޯޓަލްއަށް ކިއުމަށް ތިޔަ ބޭފުޅުންނަށް ފެނިވަޑައިގަންނަވާ، ރީތި އިސްލާމީ ދިވެހި ނަމެއް ކޮމެންޓްގައި ޖައްސަވާ،". ވަޒީރު ވިދާޅުވި އެވެ.
ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކުން ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ފަށާފައިވާއިރު ހުރިހާ ހިދުމަތެއް ޑިޖިޓަލައިޒް ކޮށް ހިދުމަތް ދޭންފެށި ފުރަތަމަ ސަރުކާރުގެ އިދާރާއަކީ އިމިގްރޭޝަނެވެ.