ENGLISH

13 މޭ 2026

Advertisement

ފެރިދޫއަށް މަސްތުވާތެކެތި އެތެރެކުރި މައްސަލާގައި މީހަކު ހައްޔަރުކޮށްފި

13 މޭ 2026

|

ފާތުމަތު އަދާ

މަސްތުވާތެކެތި ފެރިދޫއަށް އެތެރެކުރި މައްސަލާގައި ހައްޔަރުކުރި މީހާ /ފޮޓޯ:ޕޮލިސް

އއ.ފެރިދޫއަށް މަސްތުވާތަކެތި އެތެރެކުރި ކަމަށް ތުހުމަތު ކުރެވޭތީ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.

ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އއ. ފެރިދޫ / ބިލަމަގުމާގެ، ޢަލީ ޢާމިރު (44އ) އެވެ.

އެނާ ހައްޔަރުކޮށްފައި ވަނީ، މާލެއިން އެ ރަށަށް ދަތުރުކުރަމުންދިޔަ ލޯންޗެއްގައި އޭނާ މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ ހިދުމަތަށް ލިބުނު މައުލޫމާތުގެ އަލީގައި ހިންގި  އޮޕަރޭޝަންގައި އެ ރަށު ބަނދަރުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 75 ރަބަރު ޕެކެޓާއި ހަތް ސެލޯފިންކޮޅު ފެނިފައިވާތީއެވެ.

 މި މައްސަލާގައި އެނާ ހައްޔަރުކޮށްފައި ވަނީ މި މެއި މަހުގެ 12 ވަނަ ދުވަހުއެވެ. 

ޢަލީ ޢާމިރު ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު