ENGLISH

13 މޭ 2026

Advertisement

" އެމް.އެސް ރެޖެޓާ" ކްރޫޒްލައިން 623 ފަތުރުވެރިންނާއެކު ރާއްޖެއަށް

13 މޭ 2026

|

ފާތުމަތު އަދާ

" އެމް.އެސް ރެޖެޓާ" ކްރޫޒްލައިން/ފޮޓޯ:އިމިގްރޭޝަން

" އެމް.އެސް ރެޖެޓާ" ކްރޫޒްލައިން 623 ފަތުރުވެރިންނާއެކު ރާއްޖެއަށް މިއަދު އައިސްފައިވާކަން އިމިގްރޭޝަނުން ހާމަކޮށްފިއެވެ.

އިމިގްރޭޝަނުން ބުނީ ސްރީލަންކާގެ ކޮލަމްބޯއިން ފުރައިގެން މިއަދު މާލެއަށް ބަނދަރުކުރި އެމް.އެސް ރެޖެޓާ ގެ 623 ފަސިންޖަރުންނާއި 395 ފަޅުވެރިންގެ އިމިގްރޭޝަން ކްލިއަރެންސްގެ ކަންކަން، ދަތުރުމަތީގައި ސީޕޯޓް ޑިވިޜަންގެ އޮފިސަރުން ފުރިހަމަކޮށްދީފައިވާ ކަމަށެވެ. 

އެމް.އެސް ރެޖެޓާ ރާއްޖެއަށް އައުމަކީ މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރާ ކްރޫޒްލައިނާތަކުގެ އަދަދު އިތުރުވަމުންދާކަން ހާމަކޮށްދޭ ކަމެކެވެ. އަދި ކްރޫޒުލައިނާތައް ރާއްޖެއަށް އަންނަ މިންވަރު އިތުރުވުމަކީ ފަތުރުވެރިކަމަށް ލިބޭ ކުރިއެރުމެކެވެ.

2026 ވަނަ އަހަރުގެ ކުރީކޮޅު ގާތްގަނޑަކަށް 16,000 ފަތުރުވެރިންނާއެކު 9 ކްރޫޒް ޝިޕް ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

 މިއީ ބައިނަލްއަޤްވާމީ ކްރޫޒް ދަތުރުފަތުރުކުރާ ފަރާތްތަކުގެ މެދުގައި ރާއްޖެއަށް އޮތް މަޤްބޫލުކަން އިތުރުވަމުންދާކަން ދައްކުވައިދޭ ކަމެކެވެ. ކްރޫޒް ޓޫރިޒަމްގެ ސަބަބުން މާލެއަށާއި އެކި އަތޮޅުތަކުގެ ރަށްތަކަށް ފަތުރުވެރިން ޒިޔާރަތްކޮށް، ކުދި ވިޔަފާރިތަކަށާއި ޤައުމުގެ އިޤްތިޞާދަށް ކުރިއެރުން ލިބިގެންދެއެވެ. 

ކިޔުންތެރިންގެ ހިޔާލު