ENGLISH
13 މޭ 2026
ބެލްޓް އެންޑް ރޯޑް އެތުލެޓިކްސް އިންވިޓޭޝަނަލް މީޓިންގައި ރާއްޖެ ތަމްސީލުކުރާނީ ޝަބާ
13 މޭ 2026
|
އޭޝިއަން ބީޗް ގޭމްސްގެ ތެރެއިން ރާއްޖޭގެ ޒުވާން ދުވުންތެރިޔާ އައިޝަތު ޝަބާ ސަލީމް --- ފޮޓޯ: އެމްއޯސީ
އެންމެ މަޤްބޫލު
ޗައިނާގައި ބާއްވާ ހަތަރުވަނަ ބެލްޓް އެންޑް ރޯޑް އެތުލެޓިކްސް އިންވިޓޭޝަނަލް މީޓިންގައި ރާއްޖެ ތަމްސީލުކުރާނީ އައިޝަތު ޝަބާ ސަލީމް ކަމަށް އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އޭއޭއެމް) އިން ނިންމައިފިއެވެ.
ޗައިނާގެ ޗޮންގޗިންގައި ކުރިއަށްދާ މި މުބާރާތް އޮންނާނީ މި މަހުގެ 18-19 ގެ ނިޔަލަށެވެ. މުބާރާތުގައި ވާދަކުރުމަށް އަންނަ ހުކުރު ދުވަހު ޝަބާ ޗައިނާއަށް ފުރާނެއެވެ.
އެތުލެޓިކްސް އެސޯސިއޭޝަނުން ބުނީ މި ފަހަރުގެ ބެލްޓް އެންޑް ރޯޑް އެތުލެޓިކްސް އިވިޓޭޝަނަލް މީޓިންގައި ރާއްޖޭގެ ޒުވާން ދުވުންތެރިޔާ ޝަބާ ވާދަކުރާނީ 100 މީޓަރު ދުވުމުގައި ކަމަށެވެ.
ބެލްޓް އެންޑް ރޯޑް އެތުލެޓިކްސް އިވިޓޭޝަނަލް މީޓިންގައި ޝަބާ ވާދަކުރާއިރު، އޭނާ ވަނީ ދާދި ފަހުން ޗައިނާގެ ސަންޔާގައި ބޭއްވި ހަވަނަ އޭޝިއަން ބީޗް ގޭމްސްގައިވެސް ވާދަކޮށްފައެވެ. އަދި މިދިޔަ އަހަރު ސައުދީ އަރަބިއްޔާގެ ރިޔާދުގައި ބޭއްވި ހަވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ އަންހެނުންގެ 100 މީޓަރު ދުވުމުގެ ސެމީ ފައިނަލުގައިވެސް އޭނާ ވަނީ ވާދަކޮށްފައެވެ.