ENGLISH

13 މޭ 2026

Advertisement

ގާފަރު އައުޓްޑޯ ޖިމްގެ ޕާތުވޭގެ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށް

13 މޭ 2026

|

ހަނާން އަހުމަދު ނައީމް

ގާފަރުގައި ގާއިމުކުރާ އައުޓްޑޯ ޖިމްގެ މަސައްކަތުގެ ތެރެއިން- ފޮޓޯ: އާރްޑީސީ

ކ. ގާފަރުގައި ގާއިމުކުރާ އައުޓްޑޯ ޖިމްގެ މަސައްކަތުގެ ތެރެއިން ޖިމްގެ ޕާތުވޭ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ.

އާރްޑީސީ އިން ބުނީ، އެ މަޝްރޫއުގެ މަސައްކަތް ފެށިގެން މިހާރު ކުރިއަށްދަނީ ޖިމްގެ ޕާތުވޭގެ ސްކޭޕިންގ މަސައްކަތް ކަމަށެވެ.

މި މަޝްރޫއަކީ މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނެސް އެންޑް ރެކްރިއޭޝަންގެ ފަރާތުން އާރްޑީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެެވެ.

މިއީ ޖުމްލަ 453،000 ރުފިޔާގެ މަޝްރޫއެކެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރުމުގެ އަމާޒުގެ ދަށުން ސަރުކާރުން ވަނީ 71 ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައެވެ. 

މި މަޝްރޫއުތަކަކީ ރައްޔިތުންގެ ޖިސްމާނީ، އަދި ނަފްސާނީ ޙާލަތު ރަނގަޅުކޮށް، އާއިލީ ގުޅުންތައް ހަރުދަނާކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއްދީގެން ކުރަމުން އަންނަ މަސައްކަތްތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު