ENGLISH

13 މޭ 2026

Advertisement

ޖަޕާން ސަރުކާރުންދޭ ސްކޮލަރޝިޕްތަކަށް ފުރުސަތު ހުޅުވާލައިފި

13 މޭ 2026

|

ހަނާން އަހުމަދު ނައީމް

ދަރިވަރުންގެ ދަސްވެނިވުންގެ ތެރެއިން - ފޮޓޯ: އެމްއެންޔޫ

ޖަޕާނު ސަރުކާރުގެ ފަރާތުން ދިވެހި ދަރިވަރުންނަށް ދޭ "ޖަޕަނީސް ގަވަމަންޓް ސްކޮލަރޝިޕް 2027" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ފުރުސަތު ހުޅުވާލައިފައި ވަނީ، "ކޮލެޖް އޮފް ޓެކްނޮލޮޖީ ސްޓޫޑެންޓްސް" އަދި "ސްޕެޝަލައިޒް ޓްރެއިނިންގ ކޮލެޖް ސްޓޫޑެންޓްސް" ޕްރޮގްރާމްތަކަށެވެ.

މި ސްކޮލަރޝިޕްތަކަށް ކެންޑިޑޭޓުން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ސްކޮލަރޝިޕް ދޭ ފަރާތުން ކަމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން މައުލޫމާތު ދެއެވެ.

މި ސްކޮލަރޝިޕާ ބެހޭ އިތުރު މައުލޫމާތު ސާފުކުރުމާއި އެޕްލިކޭޝަން ހުށަހަޅާނެ ގޮތުގެ ތަފްސީލް "ކުރި" ޕޯޓަލް އިން ލިބެން ހުންނާނެއެވެ.

މީގެ އިތުރުން، "ސްޓަޑީ އިން ޖަޕާން" ވެބްސައިޓް މެދުވެރިކޮށް ވެސް ކޯސްތަކުގެ ތަފްސީލް ބަލާލެވޭނެއެވެ.

މި ފުރުސަތަށް ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތައް މި މަހުގެ 17 ވަނަ ދުވަހުގެ 5:00 ގެ ކުރިން އޮންލައިން އެޕްލިކޭޝަން ފުރިހަމަކޮށް، ބޭނުންވާ އެންމެހައި ލިޔެކިޔުންތަކާއެކު ހުށަހަޅަންޖެހެއެވެ. އެޕްލިކޭޝަން ހުށަހަޅަންޖެހޭނީ ސްޓަޑީ އިން ޖަޕާންގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށެވެ.

މި ކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން އެ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ގަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރުމަށް މިނިސްޓްރީން ވަނީ އިރުޝާދު ދީފައެވެ.

މީގެ އިތުރުން، ރާއްޖޭގައި މަސައްކަތް ކުރުމަށް ވަކި ލައިސެންސެއް އޮންނަންޖެހޭ ދާއިރާއެއްގެ ކޯހެއްނަމަ، ކަމާބެހޭ އިދާރާތަކުން އެ ކޯހެއް ގަބޫލުކުރާކަން ކަށަވަރު ކުރުމަކީ ވެސް މުހިންމު ކަމެއްގެ ގޮތުގައި މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު