ENGLISH
13 މޭ 2026
މާލެ ޓެކްސީ ލައިނުން ތިން ހަފްތާގެ ތެރޭ 13،000 އަށް ވުރެ ގިނަ ދަތުރުކޮށްފި
13 މޭ 2026
|
ޓެކްސީ ލައިންގެ ޚިދުމަތް އިފްތިތާހުކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން. ފޮޓޯ؛ރައީސް އޮފީސް
އެންމެ މަޤްބޫލު
މާލޭ ޓެކްސީ ލައިންގެ ހިދުމަތް ފެށިތާ ތިން ހަފްތާގެ ތެރެގައި 13،000 އަށް ވުރެ ގިނަ ދަތުރުކޮށްފައިވާކަމަށް އެ ހިދުމަތްދެމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.
އެމްޓީސީސީން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުން ފެށިގެން މި ހިނގާ މޭ މަހުގެ ނުވަ ވަނަ ދުވަހާ ހަމައަށް ޖުމްލަ 9،550 މީހަކަށް ވަނީ ހިދުމަތް ދީފަ އެވެ.
އަދި މި މުއްދަތުގައި ޖުމްލަ 13،073 ދަތުރުކޮށްފައިވާކަމަށް އެމްޓީސީސީގެ ހިސާބުތަކުން ދައްކަ އެވެ. އެންމެ ގިނަ ދަތުރުކޮށްފައިވަނީ މާލެ ތެރޭގަ އެވެ.
ގްރޭޓާ މާލެ ސަރަހައްދުގައި ދަތުރުކުރެވުނު ގޮތުގެ ތަފްސީލް:
* ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް(ވީއައިއޭ) : 429 ދަތުރު.
* މާލޭ: 9،395 ދަތުރު.
* ހުޅުމާލެ ފުރަތަމަ ފިޔަވަހި: 1،966 ދަތުރު.
* ހުޅުމާލެ ދެވަނަ ފިޔަވަހި: 1،283 ދަތުރު.
އެމްޓީސީސީން ބުނީ މި އަދަދުތަަކަކީ މި ހިދުމަތަށް އާންމުންގެ ބޮޑު ތަރުހީބެއް އޮތްކަމާއި، ހިދުމަތަށް އޮތް ބޭނުންތެރިކަން އިތުރުވަމުންދާކަން ހާމަކޮށްދޭ އަދަދުތަކެއް ކަމަށެވެ.
މާލޭ ޓެކްސީ ލައިންގެ ޚިދުމަތް އެންމެ ފުރަތަމަ ފޯރުކޮށްދީފައިވަނީ މުޅިން ހިލެ އެވެ. އެ ހިދުމަތަށް އަގު ނަގަންފެށީ އޭޕްރީލްމަހުގެ 18 ވަނަ ދުވަހުން ފެށިގެން ނެވެ.
އެމްޓީސީސީގެ ވެބް އެޕް މެދުވެރިކޮށް އަދި 1655 ހޮޓްލައިނަށް ގުޅައިގެން ދަތުރުތައް ބުކްކޮށް ދަތުރަށް ފައިސާ ދެއްކޭނެ އިންތިޒާމުތައް ހަމަޖައްސާފައި ވެއެވެެ.
އެމްޓީސީސީން ބުނީ މި ހިދުމަތްދޭނީ އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ކަނޑައަޅާފައިވާ އަގުތަކަށް ކަމަށެވެ.
ސަރުކާރުގެ ޓެކްސީ ލައިންއަކީ އެކަމަށް ދިރާސާކޮށް، ހާއްސަ ޕްލޭނެއްގެ ދަށުން ފެށި ހިދުމަތެކެވެ. ޖުމުލަ 150 ކާރު މި ހިދުމަތުގައި ބޭނުންކުރާނެ އެވެ.
މި ޓެކްސީލައިންގައި ތިން ވައްތަރެއްގެ ކާރު ހިމެނެ އެވެ. އެއީ:
ޓެކްސީ ލައިނަކީ، މާލޭ ސަރަހައްދަށް ކުރިމަތިވެފައިވާ ޓެކްސީގެ ދަތިކަމަށް ވަށާޖެހޭ ހައްލެއް ހޯއްދަވައިދެއްވުމުގެ މަގުސަދުގައި، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތީން، ފަރުމާކުރެއްވި މަސައްކަތެކެވެ. ރެއިން ފެށިގެން 24 ގަޑިއިރު ހިދުމަތް ލިބޭގޮތަށް ފެށި މި ހިދުމަތުގައި ބޭނުންކުރާނީ، ތިމާވެއްޓާ ރަހުމަތްތެރި، 150 އިލެކްޓްރޯނިކް ވެހިކަލް (އީ.ވީ) އެވެ. މީގެ ތެރޭގައި، މާލޭގެ ހަނި މަގުތަކަށް ހާއްސަ ކުދި ކާރާއި، ދާގީނާ އުފުލޭ ފަދަ ބޮޑެތި ކާރު ހިމެނޭހެން، ތިން ސައިޒެއްގެ ކާރު މި ހިދުމަތުގައި ބޭނުންކުރާނެ އެވެ.