ENGLISH
13 މޭ 2026
ކުރިއަށް އޮތް ތަނުގައި ޑިޖިޓަލް ސެންޓަރަކަށް އައްޑޫ ވާނެ: ވަޒީރު ސަޢީދު
13 މޭ 2026
|
އެންމެ މަޤްބޫލު
ކުރިއަށް އޮތް ތަނުގައި ޑިޖިޓަލް ސެންޓަރަކަށް އައްޑޫ ވެގެންދާނެކަމަށް އިގްތިސާދި ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ވަޒީރު މިފަދައިން ވިދާޅުވީ އައްޑޫ ބިޒްނަސް ޑައިލޮގް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނެވެ.
ވަޒީރު ވިދާޅުވީ ކުރިމަގުގައި ދުނިޔެއަށް އަންނަ ޑިޖިޓަލް ކުރިއެރުމުގައި އައްޑޫ އަކީ މުހިންމު ދައުރެއް އަދާކުރާނެ ތަނެއް ކަމަށެވެ. އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ސްޓޭޝަނެއް އައްޑޫގައި ގާއިމް ކުރަން ގޫގުލްއިން ނިންމާފައިވާތީ އެކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ މި ޕްރޮޖެކްޓާއެކު އައްޑޫ ވެގެންދާނީ ސަރަހައްދުގައި ވެސް ފާހަގަކޮށްލެވޭ ޑިޖިޓަލް ސެންޓަރަކަށް ކަމަށެވެ.
"ގޫގުލްގެ ކްރިސްމަސް އައިލެންޑުން އޮމާނަށް މިދާ ކޭބަލް ގުޅާލެވިގެންދާނީ އައްޑޫ ހިތަދޫ ތެރެއިން. އަދި އެބޭފުޅުންގެ މަސައްކަތުގެ އަމާޒަަށް ބަލާއިރު އިންޑިއާ ކަނޑުގައި ޑިޖިޓަލް ސެންޓަރަކަށްވެގެންދާނެ އެއްތަން އެއީ ހިތަދޫ.އެއީ ހިތަދޫގައި އެމީހުން މަސައްކަތް ކުރާނީ. އެއީ ސީދާ އައްޑުއަށް ތަރައްގީ ގެނައުމަށްޓަކައި ނިއުޔޯކްއަށް ކުރެއްވި ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވައިގެން ގެނައި ޕްރޮޖެކްޓެއް،". ވަޒީރު ވިދާޅުވި އެވެ.
ގޫގުލް އިން ނިންމާފައިވަނީ އައްޑޫ ސިޓީ ހިތަދޫގައި އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ލޭންޑިން ސްޒޭޝަންއަކާއި ނެޓްވޯކް ފެސިލިޓީއެއް ގާއިމުކުރާށެވެ.މި މަޝްރޫއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެމެރިކާގެ ނިއުޔޯކް ސިޓީއަށް ކުރެއްވި، ދަތުރުފުޅުގައި އެމަނިކުފާނާއި ގޫގުލްގެ އެގްޒެކެޓިވްސްއާ ދެމެދު ބޭއްވުނު މަޝްވަރާތަކަށް ފަހު ކުރިއަށް ގެންދަން ނިންމި މަޝްރޫއެކެވެ. ހިތަދޫގައި ގާއިމްކުރާ ފެސިލިޓީ ވެގެންދާނީ ބައިނަލްއަގުވާމީ ސަބްމެރިން ކޭބަލްތައް ލޭންޑްކުރުމުގެ ގާބިލުކަން ލިބިފައިވާ ފެސިލިޓީއަކަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން ދިވެހިރާއްޖެ ވެގެންދާނީ އޭޝިއާ، އޯޝޭނިއާ، އެފްރިކާ، މެދުއިރުމަތި އަދި ޔޫރަޕު ގުޅުވައިދޭ އިތުބާރު ހުރި، ޑިރިޒަލް ގޭޓްވޭއަކަށެވެ.
މި ތާރީހީ މަޝްރޫއަކީ، ދުނިޔޭގައި ކުރިއަރަމުން އަންނަ ޓެކްނޮލޮޖީ އާއި އިނޮވޭޝަންގެ ދާއިރާގައި ރާއްޖޭގެ ދައުރު އިތުރަށް ފުޅާކުރަން އެޅުނު މުހިންމު ފިޔަވަޅެއްގެކަމަށާއި އިގުތިސާދު ސިންދަފާތުކޮށް، ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭން ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރާނެ މަޝްރޫއަކަށް މި މަޝްރޫއުވެގެންދާނެކަމަށް ސަރުކާރުން ބުނެ އެވެ.