ENGLISH
13 މޭ 2026
މިއަދު ވެސް އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ މަސްވެެރިންނަށް ދޫކޮށްފި
13 މޭ 2026
|
މަސްވެރި އުޅަނދަކުން މަސްކިރަނީ.
އެންމެ މަޤްބޫލު
މަސް ކިރުވާތާ 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން މިއަދުވެސް އެއް މިލިއަނަށް ވުރެ ގިނަ ފައިސާ މަސްވެރިންނަށް ދޫކޮށްފިއެވެ.
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މިއަދު ސޯޝަލް މީޑިއާގައި އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މެއި 11 ވަނަ ދުވަހު ކިރުވި މަހަށް މިއަދު ޖަމާކޮށްފައިވަނީ 1،010،829ރ. (އެއް މިލިއަން ދިހަ ހާސް އަށް ސަތޭކަ ނަވާވީސް) ރުފިޔާއެވެ.
މިފްކޯއިން ބުނީ 11 ވަނަ ދުވަހު ކަޅުބިލަމަސް ކިރުވި 26 ދޯންޏަކަށް 926،874ރ. (ނުވަ ލައްކަ ސައްބީސް ހާސް އަށް ސަތޭކަ ހަތްދިހަ ހަތަރު ރުފިޔާ) ޖަމާކޮށްފައިވާ ކަމަށެވެ.
ދިހަ ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި ހަތަރު ދޯންޏަކަށް 2،380ރ. (ދެ ހާސް ތިން ސަތޭކަ އަށްޑިހަ ރުފިޔާ) ޖަމާކޮށްފައިވެއެވެ. އަދި 15 ކިލޯއިން މަތީގެ ކަންނެލި ކިރުވި 8 ދޯންޏަކަށް ޖަމާކޮށްފައި ވަނީ 81،575ރ. (އަށްޑިހަ އެއް ހާސް ފަސް ސަތޭކަ ހަތް ދިހަ ފަސް ރުފިޔާ) އެވެ.
ސަރުކާރުން އަންނާނީ 2024 ވަނަ އަހަރު ޑެސެމްބަރު މަހުން ފެށިގެން މަސްވެރިންނަށް ގަވާއިދުން ފައިސާ ދެމުންނެވެ.