ENGLISH

13 މޭ 2026

Advertisement

ދިއްގަރު ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ބާރުމިނުގައި ކުރިއަށްދަނީ

13 މޭ 2026

|

ހަނާން އަހުމަދު ނައީމް

ދިއްގަރުގައި ގާއިމުކުރާ ފިޓްނެސް ސެންޓަރުގެ މަސައްކަތުގެ ތެރެއިން - ފޮޓޯ: އެމްޓީސީސީ

މ.ދިއްގަރުގައި ގާއިމުކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ބާރުމިނުގައި ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯތް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީ އިން މި މަޝްރޫއުގެ އަދާހަަމަ ހިއްސާކޮށް ބުނީ، މިހާރު އެ މަޝްރޫގެ ދަށުން ކުރިއަށްދަނީ ފުރާޅުގެ މަސައްކަތްތައް ކަމަށެވެ.

ކުރިއަށް އޮތް ދެ އަހަރު ތެރޭގައި މުޅި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. މި އަމާޒު ހާސިލްކުރުމަށްޓަކައި ސަރުކާރުން އަންނަނީ ފިޓްނަސް ސެންޓަރުތައް ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިފަދަ ސެންޓަރުތަކުގެ ބޭނުމަކީ، ދިވެހިންނަކީ ދުޅަހެޔޮކަމަށް ލޯބިކުރާ އެކަމަށް އަހުލުވެރިވެފައިވާ ބަޔަކަށް ހެދުން ކަމަށް ސަރުކާރުން ގަބޫލުކުރައްވަ އެވެ.

އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި، ތަރައްގީގެ ގިނަ މަޝްރޫއުތައް ހިންގަމުންނެެވެ. 

އެގޮތުން، ދިއްގަރުގައި އެކަނިވެސް ފިޓްނަސް ސެންޓަރުގެ އިތުރުން ގޮންޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު، އައުޓްޑޯ ޖިމް ގާއިމްކުރުން އަދި ހައުސިންގ ޔުނިޓްގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު