ENGLISH
13 މޭ 2026
ޙައްޖުގެ އަޅުކަމަށްދާ މީހުން ފުރުމަށް ހަމަޖެހިފައިވާ ގަޑިތައް އިއުލާންކޮށްފި
13 މޭ 2026
|
ހައްޖާޖީން ފުރުމަށް ތައްޔާރުވެގެން އެއާޕޯޓްގައި-- ފޮޓޯ: އެޑިޝަން.އެމްވީ
އެންމެ މަޤްބޫލު
މިއަހަރުގެ ޙައްޖުގެ އަޅުކަމަށް ރާއްޖެއިން ދާ ޙައްޖާޖީން ފުރުމަށް ހަމަޖެހިފައިވާ ފްލައިޓްތަކުގެ ގަޑިތައް އިއުލާންކޮށްފި އެވެ.
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ބުނެފައިވަނީ، ރާއްޖެއިން ޙައްޖަށްދާ މީހުންގެ 50 އިންސައްތަ މީހުން ގެންދިއުމަށް ހަމަޖެހިފައިވަނީ ސައުދީ އެއާލައިން އިން ކަމަށާއި، އަދި އަނެއް 50 އިންސައްތަ މީހުން ގެންދާނީ ޤައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓުގައި ކަމަށެވެ. ރާއްޖޭއިން ޙައްޖަށްދާ މީހުން ގެންދިއުމަށް ހަތަރު ފްލައިޓެއް ބޭއްވުމަށް ހަމަޖެހިފައިވެ އެވެ.
ރާއްޖެއިން ފުރުމަށް ހަމަޖެހިފައިވާ ގަޑިތައް:
ސައުދީ އެއާލައިންގެ ދަތުރުތައް ކުރާނީ މެއި 15 އަދި 18 ވަނަ ދުވަހު އެވެ. އަދި މެއި 17 އަދި 19 ވަނަ ދުވަހުގެ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ މޯލްޑިވިއަން ފްލައިޓްގަ އެވެ.
މިއަހަރުގެ ޙައްޖުގެ އަޅުކަމަށް ރާއްޖެއިން ދާ ޙައްޖާޖީންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިނާގެ ޓެންޓުތަކުގެ އިންތިޒާމުތައް މިހާރަށްވުރެ ފުރިހަމަކޮށް، ޙައްޖާޖީންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް އެންމެ މަތީ ފަންތީގައި ފޯރުކޮށްދިނުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ. ހައްޖު މިޝަންއިން މިހާރު އަންނަނީ ހައްޖާޖީން މައްކާއަށް ދިއުމުގެ ކުރިން ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. އެގޮތުން ޙާޖީން ތިބޭ ހޮޓާވެސް އެ މިޝަނުން ވަނީ ބައްލަވާ ލައްވާފަ އެވެ.
ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ކޮންމެ އަހަރަކުވެސް ލިބެނީ 1000 ކޯޓާ އެވެ. ޙައްޖާޖީންނަށް ހިދުމަތްތައް ފޯރުކޮށްދިނުމަށް ދާ ފަރާތްތައްވެސް ދަތުރުކުރަނީ މި ކޯޓާގަ އެވެ.