ENGLISH

04 މޭ 2026

Advertisement

ބޯކޮށް ވާރޭވެހި ބާރަށް ގުގުރާނެ؛ ޅ.އަތޮޅުން ފެށިގެން ވ.އަތޮޅަށް ރީނދޫ ސަމާލު ނެރެފި

04 މޭ 2026

|

ޝިފްޒާން އަޙްމަދު

މާލެ ހިމެނޭހެން ލ.އަތޮޅުން ފެށިގެން ވ.އަތޮޅަށް މޫސުން ގޯސްވާނެ ކަމުގައި މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރެވޭ

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ބޯކޮށް ވާރޭވެހި ބާރަށް ގުގުރާނެ ކަމުގައި ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފިއެވެ. 

މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފައިވަނީ ހެނދުނު 9:10 އިން ފެށިގެން 13:00 އާ ދެމެދުގައެވެ. އެ އިދާރާއިން ބުނެފައިވަނީ އެ ވަގުތުތަކުގައި ޅ.އަތޮޅުން ފެށިގެން ވ.އަތޮޅާ ހަމައަށް މޫސުން ގޯސްވާނެ ކަމަށެވެ. އެގޮތުން އެ ސަަރަހައްދަށް ވާރޭވެހޭނެ ކަމުގައި ބެލެވެއެވެ. 

މިއދު ހެނދުނު 7:15 އިން ފެށިގެން 13:00 އަށް ނ.އަތޮޅުން ފެށިގެން ތ.އަތޮޅަށް ހުދު ސަމާލުވެސް ނެރެފައިވެއެވެ. އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކޮށްފަައިވެއެވެ. 

ހެނދުނު މާަލޭ ސަރަހައްދަށް ބޯކޮށް ވާރޭވެހި މާލޭގެ ބައެއް މަގުތަކުގައި މިހާރުވެސް ފެންބޮޑުވެފައިވެއެވެ. ނަމަވެސް މީގެ ކުރިން ވާރޭވެހި މާލޭ މަގުތަކުގައި ފެންބޮޑުވާ މިންވަރަށް ފެންބޮޑުނުވެއެވެ. 

މިދުވަސްވަރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބޯކޮށް ވާރޭވެހުމާއެކު ވައިގަދަވާނެ ކަމުގައި ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އަންދާޒާކުރެއެވެ. 

ކިޔުންތެރިންގެ ހިޔާލު