ENGLISH
04 މޭ 2026
މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ފެން ހިންދުމުގެ މަސައްކަތް ފަށައިފި
04 މޭ 2026
|
މާލޭގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ކުރަނީ-- އެމްއެންޑީއެފް
އެންމެ މަޤްބޫލު
ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވާން ފަށައިފި އެވެ.
މިދުވަސްވަރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައިގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވޭނެ ކަމަށް ލަފާކޮށް އަންނަނީ ހުދު ސަމާލު ނެރެމުންނެވެ.
މިއަދު ރީނދޫ ސަމާލު ނެރެފައިވަނީ ޅ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް މޫސުން ގޯސްވާނެކޮށް ލަފާކޮށް ކަމަށް މެޓް އިން ބުނެފައިވެ އެވެ. އެއީ ހެނދުނު 9:10 އިން ފެށިގެން 13:00 އާ ދެމެދުގަ އެވެ. އެ އިދާރާއިން ބުނެފައިވަނީ އެ ވަގުތުތަކުގައި ޅ.އަތޮޅުން ފެށިގެން ވ.އަތޮޅާ ހަމައަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މެޓުން އިތުރަށް ބުނީ، މިވަގުތު ތަކުގައި ބޯކޮށް ވާރޭވެހުމާއި އެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މި ދުވަސްކޮޅަކީ ރާއްޖޭ އެކި ސަރަހަށްދަށް ވިއްސާރަ ދުވަސްކޮޅެކެވެ. އެގޮތުން ރޭގައި މޫސުން ގޯސްވެ މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައިވެ އެވެ.
ދަތުރުފަތުރުކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް މެޓްއިން އިލްތިމާސް ކޮށްފައިވެ އެވެ.