ENGLISH

18 އޭޕްރީލު 2026

Advertisement

ޓާކިޝް އެއާލައިންސްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމައިފި

18 އޭޕްރީލު 2026

|

ހަނާން އަހުމަދު ނައީމް

ޓާކިޝް އެއާލައިންގެ ފްލައިޓެއް.

މިއަހަރުގެ ހޫނު މޫސުމާ ދިމާކޮށް ތުުރުކީގެ ގައުމީ އެއާލައިން، ޓާކިޝް އެއާލައިންސްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ނިންމައިފިއެވެ.

މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ، ތުރުކީގެ މައި އެއް ޝަހަރު ކަމުގައިވާ އިސްތަންބޫލާއި މާލެއާ ދެމެދުއެވެ.

މި ދަތުުރުތައް ފެށިގެން ކުރިއަށްދާނީ އަންނަ މަހުގެ 13 ވަނަ ދުވަހުން ފެށިގެން އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހާ ހަމައަށެވެ.

އެގޮތުން، އިސްތަންބޫލްއިން މާލެއަށް ކޮންމެ ބުދަ ދުވަހަކު ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މާލެއިން އިސްތަންބޫލަށް ކުރާ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުއެވެ.

މި ދަތުރުތަކާއެކު، މިހާރު ޓާކިޝް އެއާލެއިންސްއިން ކޮންމެ ހަފްތާއަކު ރާއްޖެއާއި އިސްތަންބޫލާއި ދެމެދު ކުރާ ދަތުރުތަކުގެ އަދަދު 4 އިން 6 އަށް އިތުރުވާނެކަމަށް މައުލޫމާތުލިބެއެވެ.

ޓާކިޝް އެއާލައިންސްގެ ދަތުރުތައް އިތުރުކުރުމަކީ ޔޫރަޕާއި އުތުރު އެމެރިކާގެ މާކެޓްތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ލިބޭނެ ބޮޑު ފަސޭހައެކެވެ. 

ދަތުރުތައް އިތުރުވުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށާއި ވިޔަފާރީގެ މުއާމަލާތްތަކަށް ބޮޑު ކުރިއެރުމެއް ލިބޭނެއެވެ. އަދި މިއީ، ރާއްޖެއަކީ ދުރު ރާސްތާގެ މަންޒިލްތަކުގެ ތެރެއިން މަގުބޫލު މަންޒިލެއްގެ ގޮތުގައި އޮތްކަން ހާމަކޮށްދޭ އަދި ރާއްޖެއަށް އޮތް އިތުބާރު ދައްކުވައިދޭ ބަދަލެއް ކަމަށް ސިނާއަތުގެ އިސްވެރިން ސިފަކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު