ENGLISH

18 އޭޕްރީލު 2026

Advertisement

މަޝްވަރާއަށް ބާރުއެޅުމަށް ޕާކިސްތާނު އިސްވެރިންގެ ދަތުުރުތައް ނިންމަވާލައްވައިފި

18 އޭޕްރީލު 2026

|

ހަނާން އަހުމަދު ނައީމް

ޕާކިސްތާނުގެ ބޮޑު ވަޒީރު، ތުރުކީވިލާތުގެ ބޮޑުވަޒީރާ ބައްދަލުކުރައްވަނީ. ފޮޓޯ: ރޮއިޓާރސް

އެމެރިކާއާއި އީރާނާ ދެމެދު ސުލްހަ ގާއިމުކުރުމަށް މަޝްވަރާގެ މޭޒަށް އަލުން ގެނައުމަށް ބާރުއެޅުމަށް، ޕާކިސްތާނުގެ ބޮޑުވަޒީރާއި އަސްކަރިއްޔާގެ އެންމެ މަތީ ވެރިޔާ އީރާނާއި ގަލްފުގެ ބައެއް ގައުމުތަކަށް ކުރެއްވި ދަތުރުފުޅުތައް ނިންމަވާލައްވައިފިއެވެ.

ފެބްރުއަރީ 28 އިން ފެށިގެން މެދުއިރުމަތީގައި ހިނގަމުންދިޔަ ހަމަނުޖެހުމާއި ގުޅިގެން، ޕާކިސްތާނު މެދުވެރިވެގެން ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަކަށް މިހާރު އަމަލުކުރަމުންދާއިރު، އެކަމަށް ދީފައިވާ ދެ ހަފްތާގެ މުއްދަތުގެ މި މަހުގެ 22 އަށް ހަމަވާނެއެވެ.

މިދިޔަ ހަފްތާ ބަންދުގައި، ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި އީރާނާއި އެމެރިކާގެ އިސް މަންދޫބުން ވަނީ ހަނގުރާމަ ނިންމުމަކަށް ގެނައުމުގެ މަޝްވަރާތައް ކުރިއަށް ގެންދަވައިފައެވެ.

އެހެންނަމަވެސް، ދެފަރާތުގެ މެދުގައި އޮތް ހިލާފުވުންތަކަށް ހައްލެއް ނުހޯދި، މަޝްވަރާތައް ނިންމާލައިފައިވާ އިރު މާ ބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.

އޭގެފަހުން، ޕާކިސްތާނުން އިސްވެ ދަނީ، މަޝްވަރާގެ ދެވަނަ ބުރަކަށް އެމެރިކާ އާއި އީރާނު އަލުން ގެނެވޭތޯ މަސައްކަތް ކުރަމުންނެވެ.

މިގޮތުން، ޙަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުން ހަމަވުމުގެ ކުރިން މަޝްވަރާގެ ދެވަނަ ބުރަކާ ހަމައަށް ނުދެވުނަސް، އެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމުގެ އުއްމީދު ބޮޑުކަމަށް ޕާކިސްތާނުގެ ސަރުކާރުގެ އެކި މަސްދަރުތަކާ ހަވާލާދީ މީޑިއާ ރިޕޯޓުތަކުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު