ENGLISH
25 ޖޫން 2026
މަޖިލީހުގައި އެމްޑީޕީ މެންބަރުން ތިއްބެވި މިންވަރާ އެކަށޭނެ އަދަދަކަށް ކޮމިޓީތަކުން ޖާގަ ދެވިފައިވޭ: އަޒާން
25 ޖޫން 2026
|
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަހްމަދު އަޒާން، ފޮޓޯ: ރައްޔިތުންގެ މަޖިލިސް
އެންމެ މަޤްބޫލު
އިދިކޮޅު އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގައި ލިބިފައިވާ ގޮނޑީގެ އަދަދާ މުނާސަބު މިންވަރަށް މަޖިލީހުގެ ކޮމިޓީތަކުން އެ ޕާޓީގެ މެންބަރުންނަށް ޖާގަ ދެވިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދައިރާގެ މެންބަރު އަޙްމަދު އަޒާން ވިދާޅުވެއްޖެއެވެ.
އަޒާނު މިފަދައިން ވިދާޅުވީ މަޖިލީހުގައި އެމްޑީޕީ މެންބަރުންނަށް މަޖިލީހުގެ ކޮމިޓީތަކުން ޖާގަނުލިބޭކަމަށް ވިދާޅުވެ އެ ޕާޓީގެ ޕާލިމަންޓަރީ ގުރޫޕުން އިއްޔެ މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖުކުރުމާ ގުޅިގެން މިއަދު އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައެވެ.
އަޒާނު ވިދާޅާވީ 20 ވަނަ މަޖިލީހުގައި ތިއްބެވީ އެމްޑީޕީގެ 13 މެންބަރުންކަމަށާއި، އެއީ މުޅި މަޖިލީހުގެ 13 އިންސައްތަ މެންބަރުންނެވެ. ކޮމިޓީތަކުގެ 13.7 އިންސައްތަ ޖާގަ ވިހިވަނަ މަޖިލީހުގައި އެމްޑީޕީއަށް ދެވިފައިވާކަން އަަޒާނު ފާހަގަކުރެއްވިއެވެ.
މަޖިލީހުގެ އެންމެ މުހިއްމު ކޮމިޓީތައް ކަމުގައިވާ މާލިއްޔަތު ކޮމިޓީއާއި އިގުތިސާދީ ކޮމިޓީން އެއަށްވުރެ ބޮޑު އިންސައްތައެއް އެމްޑީޕީއަށް ދެވިފައިވާ ކަމަށް އަޒާނު ވިދާޅުވިއެވެ. އަޒާނު ފާހަގަކުރެއްވި ގޮތުގައި މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ 18 އިންސައްތަ އަދި އިގުތިސާދީ ކޮމިޓީގެ 27 އިންސައްތަ ޖާގަ އެމްޑީޕީއަށް ދެވިފައިވެއެވެ.
އަޒާނު ފާހގަކުރެއްވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ މެންބަރުން ތިއްބެވި އަދަދަށް ބަލާއިރު، އެ ދެ ކޮމިޓީން އެމްޑީޕީއަށް ދޭންޖެހެނީ އެންމެ ދެ ޖާގައެވެ.
އޭގެ އިތުރަށް ފާއިތުވި މަޖިލީހުގައި އެމްޑީޕީގެ ބޮޑު އަޣުލަބިއްޔަތު އޮތްއިރު އެއިރުގެ އިދިކޮޅު ފަރާތްތަކާމެދު މަޖިލީހުގައި ކަންކަން ކުރި ގޮތަށް އަޒާން އަލިއަޅުވައިލެއްވިއެވެ. އެއިރު އިދިކޮޅު ކޯލިޝަނުގައި މަޖިލީހުގެ އަށް މެންބަރުން ތިއްބެވިއިރު އެއީ މުޅި މަޖިލީހުގެ 10 އިންސައްތަކަން އޭނާ ފާހަގަކުރެއްވިއެވެ.
19 ވަނަ މަޖިލީހުގައި އިދިކޮޅު ކޯލިޝަނުގެ 10 އިންސައްތަ މެންބަރުން ތިއްބެވި ނަމަވެސް ކޮމިޓީތަކުން އިދިކޮޅު ކޯލިޝަނަށް ދީފައި އޮތީ އެންމެ އަށް އިންސައްތަކަން މެންބަރު ފާހަގަކުރެއްވިއެވެ.
މި ހަގީގަތްތައް ފާހަގަކުރައްވަމުން އަޒާނު ވިދާޅުވީ އެމްޑީޕީން މަޖިލީހުގައި އިހުތިޖާޖުކުރަނީ މަޖިލިސް ހިންގާ ގޮތުގައި މައްސަލައެއް އޮވެގެން ނޫންކަމަަށާއި، އެއީ މަޖިލީހުގައި ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅުމަށް ކުރާ އިހުތިޖާޖެއް ކަމަށެވެ.