ENGLISH

18 އޭޕްރީލު 2026

Advertisement

އިންތިހާބުގެ ދެވަނަ ބުރު؛ ފަސް ދާއިރާއިން ތިން ދާއިރާ ޕީއެންސީން ކަށަވަރުކޮށްފި

18 އޭޕްރީލު 2026

|

ޝިފްޒާން އަޙްމަދު

މިއަދު ކުރިއަށްދިޔަ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުމުގެ ތެރެއިން، ފޮޓޯ: އިލެކްޝަންސް ކޮމިޝަން

މިއަދު ކުރިއަށްގެންދާ ލޯކަލް ކައުންސިލު އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްގެންދިޔަ ފަސްް ދާއިރާގެ ތެރެެއިން ތިން ދާއިރާއެއްގެ އިންތިހާބު ޕީއެންސީން ކާމިޔާބުކޮށްފިއެވެ. 

މިހާތަނަަށް ގުނި ފޮށިތަކުގެ ނަތީޖާއަށް ބަލާއިރު މިއަދު ކުރިއަށްގެންދިޔަ އިންތިހާބުގައި ހއ.ކެލާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް އިންތިހާބުކުރުމަށް ނެގި ވޯޓު ކާމިޔާބުކުރީ ޕީއެންސީން ވާދަކުރި ކެންޑިޑޭޓު ހައްވާ ފަޒުނާއެވެ. އޭނާއާ ވާދަކުރީ އެމްޑީޕީގެ ކެންޑިޑޭޓު މަހުދިއްޔާ އާދަމެވެ. 

ދެން ޕީއެންސީން ކާމިޔާބުކުރީ ހދ.ނޭކުރެންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމެވެ. އެ މަގާމަަށް އިންތިހާބުވީ ޕީއެންސީގެ ކެންޑިޑޭޓު ފާތިމަތުރު ރިއުޒާއެވެ. އޭނާއާ ވާދަކުުރީ އަމިއްލަ ގޮތުން އެ މަގާމަށް ކުރިމަތިލި ކެންޑިޑޭޓު ފާތިމަތު ނިޝާދާއެވެ. 

ތިންވަނަ ދާއިރާއަކަށް ޕީއެންސީން ކާމިޔާބުކުރީ ލ.މާވަަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ހޮވުމުގެ އިންތިހާބެވެ. އެ އިންތިހާބުގައި ވާދަކުރީ ޕީއެންސީގެ ކެންޑިޑޭޓު ފާތިމަތު ޝާފިޔާއާއި އެމްޑީޕީގެ ކެންޑިޑޭޓު މަރިޔަމް މާއިޝާއެވެ. 

މިހާތަނަަށް ނަތީޖާ ޔަގީންނުވާ ދެ އިންތިހާބަކީ ފުވައްމުލަކު ދަޑިމަގު ދާއިރާގެ ކައުންސިލަރު ހޮވުމުގެ އިންތިހާބާއި، ބ.ދޮންފަނު ކައުންސިލުން އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއަށް ކައުންސިލަރަކު ހޮވުމަަށް ބާއްވާ އިންތިހާބެވެ. 

ފުވައްމުލަކު ދަޑިމަގު ދާއިރާގެ ކައުންސިލަރުކަމަށް ވާދަކުރައްވަނީ ޕީއެންސީގެ ކެންޑިޑޭޓު އާއިޝަތު އަބްދުލްގާދިރާއި އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓު ޝީޒާ އިބްރާހީމެވެ. ބ.ދޮންފަނު ކައުންސިލުން އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑީގެ އިންތިހާބުގައި ވާދަކުރަނީ ެ ކެންޑިޑޭޓު އާއިޝަތު މުނާ އާއި އެމްޑީޕީގެ ކެންޑިޑޭޓު އާމިނަތު ރަފާހްއެވެ. 

ކިޔުންތެރިންގެ ހިޔާލު