ENGLISH

18 އޭޕްރީލު 2026

Advertisement

އެފްއޭ ކަޕްގެ ތިންވަނަ މަޤާމު ބުރު ސްޕޯޓްސް ކްލަބަށް

18 އޭޕްރީލު 2026

|

މުޙައްމަދު އަދުހަމް

އެފްއޭ ކަޕްގެ ތިންވަނަ މަޤާމު ހާސިލްކުރި ބުރު ސްޕޯޓްސް ކްލަބުގެ ކުޅުންތެރިންނާއި އޮފިޝަލުން. --ފޮޓޯ: އެފްއޭއެމް

ހަތަރު އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވި އެފްއޭ ކަޕްގައި މިއަދު ކުޅުނު މެޗުގައި ބްލޫ ސްޕޯޓްސް ކްލަބު 3-1 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން އެ މުބާރާތުގެ ތިންވަނަ މަޤާމު ހާސިލްކޮށްފިއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ފެށިގެން 11 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ބުރަށް ލީޑުނަގައިދިނީ އަޙުމަދު ޢަބްދުﷲ (ލިލީ) އެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ބުރުގެ ޢަބްދުﷲ ޔާމީނަށް ބްލޫގެ ކުޅުންތެރިއަކު ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

އޭގެފަހުން، މެޗުގެ 22 ވަނަ މިނެޓުގައި ބުރުގެ ދެވަނަ ލަނޑުޖަހައިދިނީ ޢަބްދުﷲ ޔާމީނެވެ. މި ގޯލާއެކު އެ ޓީމުން މި ހާފު ނިންމާލީ ދެ ލަނޑުގެ ލީޑެއްގަ އޮވެގެންނެވެ.

މި މެޗު ނިމެން އަށް މިނެޓަށްވެފައިވަނިކޮށް، ބުރުގެ ތިންވަނަ ލަނޑުޖަހައިދިނީ މުޙައްމަދު ޖޫދު އިސްމާއިލް އެވެ.

މެޗު ނިމެންދަނިކޮށް، އިތުރުވަގުތުގެ ތެރޭގައި ބްލޫގެ ހަމައެކަނި ލަނޑުޖަހައިދިނީ ޙަސަން ޔާނިއު އެވެ.

މުބާރާތުގެ ފައިނަލުގައި މިރޭ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ނިކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.

އެންމެ ފަހުން އެފްއޭ ކަޕް ބޭއްވީ 2022 ވަނަ އަހަރު އެވެ. އެ ފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން މާޒިޔާ އިން ހޯދީ ފައިނަލުގައި ކްލަބް ވެލެންސިއާ ބަލިކޮށްގެންނެވެ. އޭގެކުރީން ބޭއްވީ 2017 ވަނަ އަހަރުގެ ޗެމްޕިއަނުންނަކީ ނިއު އެވެ.

ކިޔުންތެރިންގެ ހިޔާލު