ENGLISH

17 އޭޕްރީލު 2026

Advertisement

ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުކުރީ ޕީއެންސީން: މަހުލޫފް

17 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

މަހުލުފް ރައީސް މުއިއްޒާއެކު

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު ކާމިޔާބު ކުރީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކަމަށް ޖަޕާނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައިވާ ސަފީރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.

އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާނުކޮށް ހުރިހާ ދާއިރާތަކެއްގެ ނަތީޖާތައް ގެޒެޓުކުރުމާ ގުޅިގެން ކުރެއްވި "އެކްސް" ޕޯސްޓެއްގައި މަހުލޫފް ވަނީ ލޯކަލް ކައުންސިލް އިންތިހާބު 581 ގޮނޑި އާއިއެކު ކާމިޔާބުކުރި ޕީއެންސީގެ ކެންޑިޑޭޓުންނަށް މަރުހަބާ ވިދާޅުވެފަ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށާއި ޕީއެންސީއަށް ވޯޓު ދިން ރައްޔިތުންނަށް ވެސް މަހުލޫފު ވަނީ މަރުހަބާ ވިދާޅުވެފަ އެވެ. 

މަހުލޫފް ވިދާޅުވީ ނަތީޖާތަކަށް ބަލާއިރު މި އިންތިހާބު ކާމިޔާބުކޮށްފައިވަނީ ޕީއެންސީން ކަމަށެވެ. 

ދާއިމީ ނަތީޖާ ދައްކާގޮތުން މި އިންތިޚާބުގައި ކޮންގްރެސް ޕާޓީން ވަނީ 581 ގޮނޑި ކާމިޔާބު ކޮށްފަ އެވެ. އިދިކޮޅު އެމްޑީޕީއަށް ލިބުނީ 562 ގޮނޑި އެވެ. އެހެން ކަމުން 21 ގޮނޑީގެ ފަރަގުން އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި ޕާޓީއަކަށްވަނީ ކޮންގްރެސް އެވެ.

ކިޔުންތެރިންގެ ހިޔާލު