ENGLISH
17 އޭޕްރީލު 2026
ރާއްޖެއަށް އައުމަށް މިއަދު ޝެޑިއުލްކޮށްފައިވާ ގިނަ ފްލައިޓުތަކެއް ކެންސަލްވެއްޖެ
17 އޭޕްރީލު 2026
|
ވެލާނާ އެއާޕޯޓު
އެންމެ މަޤްބޫލު
ރާއްޖެއަށް އައުމަށް މިއަދު ޝެޑިއުލްކޮށްފައިވާ ގިނަ ފްލައިޓުތަކެއް ކެންސަލްވެއްޖެ އެވެ.
ތަފާސްހިސާބުތަކާ އެކު އިނަރ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަ މުޙައްމަދު ފިރާޤު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މެދުއިރުމަތީގެ ބޮޑެތި އެއާލައިންތަކުގެ ގިނަ ދަތުރުތަކެއް މިއަދު ވަނީ ކެންސަލްކޮށްފައި ކަމަށެވެ. މީގެ ތެރޭގައި އެމިރޭޓްސް، ފްލައި ދުބާއީ، ޤަތަރު އެއާވޭސް، އިއްތިހާދު އެއާވޭސް، ގަލްފް އެއާ އަދި އެއާ އެރޭބިއާ ހިމެނެ އެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފްލައި ދުބާއީގެ ފަސް ދަތުރެއް، އެމިރޭޓްސްގެ ތިން ދަތުރެއް، އަދި ޤަތަރު އެއާވޭސްގެ ތިން ދަތުރެއް، އެއާ އެރޭބިއާ އާއި ގަލްފް އެއާގެ ދެ ދަތުރު އަދި އިއްތިހާދުގެ އެއް ދަތުރު ކެންސަލްވެފައި ވެއެވެ.
ފިރާޤު ފާހަގަކުރެއްވި ގޮތުގައި މި ކެންސަލޭޝަންތަކާއެކު ޖުމުލަ 4،000 އަށްވުރެ ގިނަ ގޮނޑި ވަނީ ހުސްވެފަ އެވެ.
ހަނގުރާމައިގެ ސަބަބުން މެދު އިރުމަތިން ރާއްޖެ އަންނަ ފްލައިޓުތައް ކެންސަލްވަމުންދާތީ އެކި ރޫޓުތައް ބޭނުންކޮށްގެން ރާއްޖެއަށް ފަތުރުވެރިން ގެނައުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން ނެވެ. އަދި ރާއްޖެއަށް އިތުރު އެއާލައިންތައް ގެނައުމުގެ މަސައްކަތްތައް ވެސް ސަރުކާރުން ދަނީ ކުރަމުން ނެވެ.