ENGLISH

17 އޭޕްރީލު 2026

Advertisement

މަކަރާއި ހީލަތުން 400،000 ރުފިޔާ ނެގި މީހަކު، ފައިސާ ދައްކައިފި

17 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

ހުޅުމާލެ ޕޮލިސް ސްޓޭޝަން. ފޮޓޯ؛ހުވަދޫ މީޑިއާ

މަކަރާއި ހީލަތުން ހަތަރު ލައްކަ ރުފިޔާ ނެގި މީހަކު އެ ފައިސާ އޭގެ ވެރިފަރާތަށް އަނބުރާ ދައްކައިފި އެެވެ. 

ފުލުހުން ބުނީ މި މަހުގެ 10 ވަނަ ދުވަހު މަކަރާއި ހީލަތުން ހަތަރު ލައްކަ ރުފިޔާ ހޯދާފައިވާ މައްސަލައެއް ހުޅުމާލެ ދެވަނަ ފިޔަވަހީގެ  ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު ކަމަށެވެ. 

މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ މީހާއާ ފުލުހުން ސުވާލުކުރުމުން އެ ފައިސާއާ ހަވާލުވި ކަމަށް އޭނާ އިއުތިރާފުވެފައިވާކަމަށް ފުލުހުން ބުންޏެވެ. 

މި މައްސަލައިގައި ހިމެނޭ ދެ މީހުންގެ މެދުގައި ކުރެވުނު މަޝްވަރާތަކަށްފަހު، ބަހާލައިގެން ފައިސާ ދެއްކުމަށް އެއްބަސްވެ، މި ފައިސާ މިހާރު ވަނީ އެއްކޮށް ދައްކައި ނިންމާފައި ކަމަށް ފުލުހުން ބުނެ އެވެ. 

ފުލުހުން ވަނީ ފައިސާގެ މުއާމަލާތްތައް ހިންގުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ. 

ކިޔުންތެރިންގެ ހިޔާލު