ENGLISH

12 އޭޕްރީލު 2026

Advertisement

އެމްޑަބްލިއުއެސްސީގެ އެމްޑީގެ މަގާމުން އަބްދުލްމަތީން އިސްތިއުފާ ދެއްވައިފި

12 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

އަބްދުލްމަތީން މުޙައްމަދު --

ސަރުކާރުގެ ފެން ކުންފުނި- އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުން އެ މަގާމުގައި ހުންނެވި އަބްދުލްމަތީން މުޙައްމަދު އިސްތިއުފާ ދެއްވައިފި އެވެ. 

އެ މަގާމުން އިސްތިއުފާ ދެއްވިކަން ހާމަކުރައްވައި އަބްދުލްމަތީން ކުރެއްވި "އެކްސް" ޕޯސްޓެއްގައި ވިދާޅުވީ މިއަދުން ފެށިގެން ފެން ކުންފުނީގެ އެމްޑީކަމުގެ މަގާމުން އިސްތިއުފާ ދީފައި ވާކަމަށެވެ. 

ސަބަބެއް ހާމައެއް ނުކުރައްވަ އެވެ.

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަބްދުލްމަތީން އައްޔަނުކުރެއްވީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. މެނޭޖިން ޑިރެކްޓަރުކަމުގެ އިތުރުން އޭނާއަކީ އެ ކުންފުނީގެ ބޯޑުގެ އެގްޒެކެޓިވް ޑިރެކްޓަރު ވެސްމެ އެވެ. އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރަކަށް ވަޑައިގެންނެވުމުގެ ކުރިން އަބްދުލްމަތީން ވަނީ  އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާފަ އެވެ. 

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުން އަބްދުލްމަތީން އިސްތިއުފާ ދެއްވި އިރު ސަރުކާރުގެ މަސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގައި ހުންނެވި ފަރުހަތު ޝަހީރު ވެސް ވަނީ އެ މަގާމުން މިއަދު އިސްތިއުފާ ދެއްވާފަ އެވެ. 

ކިޔުންތެރިންގެ ހިޔާލު