ENGLISH
12 އޭޕްރީލު 2026
ސޮނޭވާ ޖާނީގައި އަލިފާނުގެ ހާދިސާއެއް، ރެސްޓޯރަންޓް އެކަށް އަނދައިފި
12 އޭޕްރީލު 2026
|
އަލިފާން ރޯވެފައި --
އެންމެ މަޤްބޫލު
ސޮނޭވާ ޖާނީގައި އަލިފާނުގެ ހާދިސާއެއް ހިނގައި މޫދު ކޮޓަރިތަކާއި ކައިރީގައިވާާ ރެސްޓޯރަންޓް އެކަށް އަނދައިފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ދެންމެ ބުނީ ނ. އަތޮޅުގައި ހިންގާ ރިސޯޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށެވެ. ހާދިސާގެ ރިޕޯޓް ލިބުނީ މިއަދު މެންދުރު 2:04 ހާއިރު ކަަމަށް ވެސް ބުންޏެވެ.
އަލިފާން ނިއްވުމުގެ މަަސައްކަތުގައި ފުލުހުންނާއި ފަޔާ އެންޑް ރެސްކިއު އަދި ރިސޯޓް މުވައްޒިފުން ގުޅިގެން ދަނީ މަަސައްކަތް ކުރަމުން ކަމަށް ބުންޏެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.
އެމްއެމްޓީވީއަށް އެނގިފައިވާ ގޮތުގައި މި ހާދިސާގައި އެ ރިސޯޓްގެ މޫދު ކޮޓަރިތަކާއި ކައިރީގައިވާާ ރެސްޓޯރަންޓް އެކަށް ވަނީ އަނދައިފަ އެވެ.