ENGLISH

12 އޭޕްރީލު 2026

Advertisement

އިންތިޚާބުގެ ދެވަނަ ބުރުގެ ރީ-ރަޖިސްޓްރޭޝަނަށް މާދަމާ ހުޅުވާލަނީ

12 އޭޕްރީލު 2026

|

ހަނާން އަހުމަދު ނައީމް

ވޯޓުލުމުގެ ތެރެއިން. ފޮޓޯ: ޕީއެސްއެމް

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލާ ތަން ބަދަލުކުރަން ބޭނުންވާ މީހުންނަށް ރީ-ރަޖިސްޓަރީ ވުމުގެ ފުރުސަތު މާދަމާ ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އެ ކޮމިޝަނުން ބުނީ، އިންތިހާޞުގެ ދެވަނަ ބުރުގެ ވޯޓުލުން 5 ދާއިރާއެއްގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ ދާއިރާތަކުގައި ދެވަނަ ބުރުގެ ވޯޓުނެގުމަށް ނިންމާފައިވަނީ އެ ދާއިރާތަކަށް އިންތިހާބުކުރަންޖެހޭ އަދަދަށްވުރެ ގިނަ މީހުންނަށް އެއްވަރަކަށް ވޯޓު ލިބިފައިވާތީއެވެ.

ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، އަންނަ ހޮނިހިރު ދުވަހުއެވެ.

އެދުވަހު ވޯޓުލުން ކުރިއަށްދާނީ، ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑިއަށް މެންބަރަކު ހޮވުމަށާއި ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ މެންބަރުގެ ގޮނޑިއަށް ކައުންސިލަރަކު ހޮވުމަށެވެ. ދަޑިމަގު ދާއިރާއަކީ އަންހެނުންނަށް ޙާއްސަކޮށްފައިވާ ގޮނޑިއެކެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ ހއ. ކެލާ ކޮމިޓީގެ ރައީސްގެ މަޤާމާއި ހދ. ނޭކުރެންދޫ އަދި ލ. މާވަށު ކޮމިޓީގެ މެންބަރުގެ މަޤާމަށް މެންބަރުން އިންތިޚާބު ކުރުމަށެވެ.

އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ، ދެވަނަ ބުރުގެ ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓުގެ ގޮތުގައި ބަލާނީ، މި މަހުގެ 4 ވީ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގައި ވޯޓު ބާއްވާ ދާއިރާތަކުގެ ފައިނަލް ލިސްޓުގައިވާ ފަރާތްތަކާއި، 18 އަހަރު ފުރުމުން ލިސްޓަށް އަލަށް އިތުރުވި ފަރާތްތައް އެކަންޏެވެ.

އެގޮތުން، 5 ދާއިރާއަށް އަލަށް ވޯޓުލުމުގެ ޙައްގު 7 މީހަކަށް ލިބިގެންދާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު