ENGLISH

12 އޭޕްރީލު 2026

Advertisement

ޙައްޖަށްދާ ދިވެހީންގެ ހުރިހާ ކަމެއް ވަނީ އިންތިޒާމު ކުރެވިފައި: ވަޒީރު

12 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

ނޫސްވެރީންގެ ބައްދަލްވުމުގައި ވަޒީރު ވާހަކަފުޅު ދައްކަވަނީ --

މި އަހަރު ޙައްޖުގެ އަޅުކަމަށްދާ ދިވެހީންގެ ހުރިހާ ކަމެއް ވަނީ އިންތިޒާމު ކުރެވިފައި ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެ އެވެ.

މެދުއިރުމައްޗާއި ގަލްފުގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރައްވާ މަސައްކަތްތަކުގެ އަދާހަމަ މަޢުލޫމާތު ދެއްވުމަށް މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ ހަނގުރާމައާ ގުޅިގެން ޙައްޖުވެރީންނަށް އެއްވެސް ދައްޗެއް ދިމާވާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

މި އަހަރުވެސް ވަރަށް ދުރާލާ ޙައްޖާއި ގުޅޭ ހުރިހާ އިންތިޒާމެއް ކުރެވިފައިވާ ކަމަށް ވަޒީރު ވިދާޅުވި އެވެ. އެގޮތުން ޙައްޖުގެ އަޅުކަމަށްދާ ދިވެހީންގެ ވިސާއާ ފްލައިޓް ދަތުރާއި ހޮޓަލުގެ އިންތިޒާމުތައް ވަނީ ހަމަޖެހިފައި ކަމަށް ވިދާޅުވި އެވެ.

ޙައްޖާޖީންގެ ފުރަތަމަ ގުރޫޕް އަންނަ މަހުގެ 15 ވަނަ ދުވަހު ފުރަން ހަމަޖެހިފައިވާއިރު މި އަހަރުވެސް މައްކާ ރޫޓްގެ ދަށުން ދިވެހީ ޙައްޖުވެރީންނަށް ހުރިހާ ފަސޭހަތަކެއް ލިބިގެންދާނެ އެވެ. މިކަމުގެ ތައްޔާރީތަކަށް ސަޢޫދީ ޢަރަބިއްޔާއިން ވަޑައިގަންނަވާ އެޑްވާންސް ޓީމް އަންނަ ހަފުތާގައި ރާއްޖެ އަންނާނެ އެވެ.

މައްކާ ރޫޓް އިނީޝިއޭޓިވްއަކީ، ހައްޖަށް ދާ މީހުންގެ ފްލައިޓް ދަތުރުރުގެ ކަންކަމާއި އެއާޕޯޓުން ހޮޓަލަށް ދިއުމުގެ އިންތިޒާމް ލުއިފަސޭހަކުރުމަށް ސައުދީއިން ކަނޑައަޅާ ތަންފީޒުކުރަން ފެށި ސިޔާސަތެކެވެ.

މައްކާ ރޫޓްގައި ހައްޖުވެރިން ސައުދީގެ ޖިއްދާ އެއާޕޯޓުގެ އިމިގްރޭޝަންގެ އެރައިވަލްގައި ޕާސްޕޯޓް ސްޓޭމްޕް ޖެހުމަށާއި ލަގެޖް ނަގަން މަޑުކުރާކަށް ނުޖެހޭނެ އެވެ. މަތިންދާ ބޯޓުން ފައިބާ ގޮތަށް ހޮޓަލަށް ދެވޭނެ އެވެ. ލަގެޖް ވެސް ލިބޭނީ ހޮޓަލުންނެވެ. އަދި ހައްޖުވެރިންނަށް ރަސްމީކޮށް ޖިއްދާ އެއާރޕޯޓްގައި އިސްތިޤުބާލު ކުރާނެ އެވެ.

ފުރަތަމަ ފަހަރަށް ރާއްޖޭގެ ޙައްޖުވެރިންނަށް މި ހިދުމަތް ލިބެން ފަށާފައިވަނީ މިދިޔަ އަހަރުން ފެށިގެން ނެވެ. 

ކިޔުންތެރިންގެ ހިޔާލު