ENGLISH

12 އޭޕްރީލު 2026

Advertisement

ބޮޑު ހިތްހަމަޖެހުމެއް؛ ތެލާއި ގޭހުގެ ގިނަ ޝިޕްމަންޓްތަކެއް ޝެޑިއުލް ކުރެވިފައި، ދައްޗެއް ނެތް

12 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

މިއަދު އޮތް ނޫސްވެރީންގެ ބައްދަލްވުމުގައި ވަޒީރުން ބައިވެރިވެވަޑައިގަންނަވަނީ --

ތެލާއި ގޭހުގެ ގިނަ ޝިޕްމަންޓްތަކެއް ޝެޑިއުލް ކުރެވިފައިވާ ކަމަށާ އެ ބާވަތްތައް ދައްޗެއް ނެތި ލިބޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބަ އޮތް ކަމަށް މެދުއިރުމައްޗާއި ގަލްފުގެ ހަމަނުޖެހުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ވަޒީރުންގެ ޚާއްޞަ ކޮމިޓީއިން ހާމަކުރައްވައިފި އެވެ.

މެދުއިރުމައްޗާއި ގަލްފުގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރައްވާ މަސައްކަތްތަކުގެ އަދާހަމަ މަޢުލޫމާތު ދެއްވުމަށް މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އިޤްތިސާދާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ ހަނގުރާމައާ ގުޅިގެން ތެލާއި ގޭސް, ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ގެނެވޭނެ ކަން ޔަޤީންކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރަމުން އައި ކަމަަށެވެ.

އިޤްތިސާދާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު: ފޮޓޯ- ރައީސުލްޖުމްހޫރިއްޔާގެ އޮފީސް 

ހަނގުރާމައަށް 45 ދުވަސް ވެގެންދިޔައިރު މިހާތަނަށް އެ މަސައްކަތް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވިފައިވާ ކަމަށް ވަޒީރު ވިދާޅުވި އެވެ. އަދި ކުރިއަށް އޮތްތާ ވެސް ތެލާއި ގޭސް ދަތިކަމެއް ނެތި ލިބޭނެ ކަން ޔަޤީން ކުރެވިފައިވާ ކަމަށެވެ. އެގޮތުން ޕެޓްރޯލާއި ޑީސަލް އަދި ގޭހުގެ ގިނަ ޝިޕްމަންޓްތަކެއް ގެނައުމަށް މިހާރު ޝެޑިއުލް ކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.

އެ ތާރީޚުތައް ވެސް ވަޒީރު ތަފްސީލު ކޮށް ދެއްވި އެވެ.

"ޑީސަލް އަށް މިހާރު އަޅުގަނޑުމެންނަށް ލިބިފަވާ ތާރީހުތަކުގައި އޭޕްރިލް މަހުގެ ބާރަ، އަށާރަ، ސައްވީސް އަދި ހަތެއް މޭ، ފަނަރަ މޭގައިވެސް ޝިޕްމަންޓްތައް ޝެޑިއުލް ކުރެވިފައި އެބަހުރި. ޕެޓްރޯލަށް ބަލައިފިކަމަށް ވަންޏާ އަށާރަ އޭޕްރިލް، ހަތާވީސް އޭޕްރިލް، ފަނަރަ މޭ ދޭއް ޖޫން، އެކާވީސް ޖޫން، މިހެން ގޮސް ހަމަ ޝެޑިއުލްތަކެއް އެބައޮތް. އެލް.ޕީ.ޖީ އަށް ބަލައިފި ކަމަށްވަންޏާ ބާވީސް، ތޭވީސް އޭޕްރިލް ހިސާބުގަ އަނެއްކާވެސް ހަމަ ޝިޕްމަންޓްތަކެއް އެބަހުރި," ވަޒީރު ވިދާޅުވި އެވެ.

ވަޒީރު ވިދާޅުވީ މިއީ ރޭވުންތެރިކަމާއެކު މަސައްކަތް ކުރުމާއި ދުރާލާ އެޅުނު ހަރުދަނާ ފިޔަވަޅުތަކުގެ ހެޔޮ ނަތީޖާ ކަމަށެވެ. އަދި މިއިން ކޮންމެ ކަމަކީ ވަރަށް ބޮޑަށް އިންތިޒާމް ކުރެވި ޕްލޭން ކުރެވިފަ ހުރި ކަންތައްތައް ކަމުގައި ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު