ENGLISH

12 އޭޕްރީލު 2026

Advertisement

ސްޓުޑެންޓެ ލޯނަށް އެދެން ފުރުސަތު ހުޅުވާލައިފި

12 އޭޕްރީލު 2026

|

ހަނާން އަހުމަދު ނައީމް

ގައުމީ ޔުނިވަރސިޓީގައި ކިޔަވާ ދަރިވަރުންތަކެއް. ފޮޓޯ: ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ

މިއަހަރު ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނު ހޯދަން ލޯނަށް އެދި ހުށަހެޅުމަށް، މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީ ކުރުމާ ބެހޭ ވުޒާރާއިން ހުޅުވާލައިފި އެވެ.

މިކަން ހާމަކޮށް އެ ވުޒާރާއިން ބުނީ، ލޯން ސްކީމަށް ގެނެވިފައިވާ ބަދަލުތަކުގެ ތެރެއިން، ސްޓުޑެންޓް ލޯނުގެ އެހީގައި ކިޔެވުން ފުރިހަމަކުރުމަށްފަހު ދެވޭ 6 މަސްދުވަހުގެ ގްރޭސް ޕީރިއަޑް ހަމަވުމުން، ކަނޑައެޅިފައިވާ ތާވަލާ އެއްގޮަތަށް ލޯނު އަނބުރާ ދެއްކުމުގެ މަރުހަލާ ފެށޭނެ ކަމަށެވެ.

އެގޮތުން، ލޯނު އަނބުރާ ދައްކާއިރު، ކިޔެވުމަށް ހިނގި އަސްލު ހަރަދުގެ އިތުރުން އެއްވެސް އިންޓަރަސްޓެއް، އެޑްމިނިސްޓްރޭޓިވް ފީއެއް ނުވަތަ އެހެންވެސް އިތުރު ފައިސާ އެއް ނުނަގާ ގޮތަށް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުން، ދަރިވަރުންނަށް ދޫކުރާ ލޯންތަކަކީ އިސްލާމީ ޝަރީއާގެ ހަމަތަކަށް ފެތޭ (ޝަރީއާ ކޮމްޕްލަޔަންސް) ލޯނުތަކެއްގެ ގޮތުގައިވެސް މިހާރު ވަނީ ކަނޑައަޅާފައެވެ.

މަތީ ތައުލީމާއި ތަމްރީނުތަކަށް ލޯނަށް އެދި ހުށަހެޅުމަށް ހަމަޖެހިފައިވަނީ "ކުރި" ޕޯޓަލް އެވެ. އެގޮތުން http://kuri.gov.mv އަށް ޒިޔާރަތްކޮށްލައިގެން ލޯނަށް އެދި ހުށަހެޅޭނެ އެވެ.

ކިޔުންތެރިންގެ ހިޔާލު