ENGLISH
12 އޭޕްރީލު 2026
ޕާސްޕޯޓާ ގުޅޭ ތިން ހިދުމަތެއް ހޯދުމަށް މިހާރު އިމުގާ މެދުވެރިކޮށް ހުށަހެޅޭނެ
12 އޭޕްރީލު 2026
|
އިމިގްރޭޝަނުގެ އޮފިސަރަކު ދިވެހި ޕާސްޕޯޓެއް ދޫކުރަނީ. --ފޮޓޯ: މޯލްޑިވްސް ޖާނަލް
އެންމެ މަޤްބޫލު
ޕާސްޕޯޓާ ގުޅޭ ތިން ހިދުމަތެއް އިމުގާ މެދުވެރިކޮށް މިހާރު ލިބިގެންދާނެ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.
އިމިގްރޭޝަނުން ބުނީ އިމުގާ މެދުވެރިކޮށް ދިވެހި ޕާސްޕޯޓާއި ގުޅޭ ތިން ހިދުމަތަކަށް މިހާރު އެދެވޭނެ ކަމަށެވެ.
އިމުގާ މެދުވެރިކޮށް އެދެވޭނެ ހިދުމަތްތައް:
♦ ކަލެކްޝަން ޕޮއިންޓް ބަދަލުކުރުން
♦ ޕާސްޕޯޓު ކޮޕީއަށް އެދި ހުށަހެޅުން
♦ ކުރީގެ ޕާސްޕޯޓުގެ ތަފްސީލު ހޯދުން
ޕާސްޕޯޓް ހަވާލުވުމަށް އިހުތިޔާރުކޮށްފައިވާ ރަށް ނުވަތަ އޮފީސް ބަދަލުކުރަން ބޭނުންވާނަމަ، މިހާރު ސިޓީ ފޮނުވުމުގެ ބަދަލުގައި އިމުގާ ޕޯޓަލްއަށް ލޮގިންވެ ދިވެހި ޕާސްޕޯޓު ޓެބުން ކަމާގުޅޭ އެޕްލިކޭޝަން އިހުތިޔާރުކުރުމަށްފަހު، އެޑިޝަނަލް ރިކުއެސްޓު މެދުވެރިކޮށް ފަސޭހަކަމާއެކު ކަލެކްޝަން ޕޮއިންޓް ބަދަލުކުރެވޭނެ އެވެ.
އަދި ދޫނުކޮށް އޮތް ޕާސްޕޯޓެއްގެ ކޮޕީއެއް ބޭނުންވާނަމަ، އީމެއިލް ކުރުމުގެ ބަދަލުގައި އިމުގާ ޕޯޓަލްއަށް ލޮގިންވެ އެޕްލިކޭޝަންގެ ތެރޭގައިވާ، އެޑިޝަނަލް ރިކުއެސްޓު ބައިން ޕާސްޕޯޓު ކޮޕީއަށް ރިކުއެސްޓު ކުރެވޭނެ އެވެ.
މީގެ އިތުރުން ކުރީގެ ޕާސްޕޯޓުގެ ތަފްސީލު ހޯދުންކުރިން ބޭނުންކޮށްފައިވާ ޕާސްޕޯޓުތަކުގެ ތަފްސީލު ހިމެނޭ ލިޔުމެއް ބޭނުންވާނަމަ ޕޯޓަލްއިން ދިވެހި ޕާސްޕޯޓު ޓެބަށް ދިއުމުން ފެންނަން ހުންނަ ރިކުއެސްޓް އެންޑް ސާވިސެސް ބައިން އެކަމަށް އެދި ހުށަހެޅޭނެކަމަށް އިމިގްރޭޝަނުން ބުނެ އެވެ.
ޕާސްޕޯޓުގެ ހިދުމަތް ދިނުމުގައި ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަވާނެ ގޮތަކަށް ކަންކަން ރާވާލުމުގެ އިންތިޒާމުތައް އިމިގްރޭޝަނުން އަންނަނީ ހަމަޖައްސަމުން ނެވެ.