ENGLISH

12 އޭޕްރީލު 2026

Advertisement

މިފްކޯގެ ސީއީއޯ ފަރުހަތު އިސްތިއުފާ ދެއްވައިފި

12 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

ފަރުޙަތު ޝަހީރު

ސަރުކާރުގެ މަސްކުންފުނި މިފްކޯގެ ސީއީއޯ ފަރުހަތު ޝަހީރު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ފަރުހަތު އިސްތިއުފާ ދެއްވިކަން މިފްކޯއިން ވަނީ "އެމްއެމްޓީވީ" އަށް ކަށަވަރުކޮށްދީފަ އެވެ. 

މިފްކޯގެ ސީއީއޯގެ މަގާމަށް ފަރުހަތު އައްޔަނުކުރެއްވީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ. ފަރުޙަތުގެ ކުރީން އެ މަގާމުގައި ހުންނެވީ ސްވިޒާލޭންޑަށް ނިސްބަތްވާ ޑޮކްޓަރ ވިޓާލީ ލިއުބިމޮވް އެވެ.

ފަރުޙަތަކީ އައިޖީއެމްއެޗްގެ ސީއީއޯގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. ގައުމީ ދިފާޢީ ބާރުގައި ވެސް އިސް މަޤާމުތަކެއް ފުރުއްވާފައިވެ އެވެ. 

މެދު އިރުމަތީގެ ހަނގުރާމައާ ގުޅިގެން ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އެޅި ފުރަތަމަ ކުންފުންޏަކީ ވެސް މިފްކޯ އެވެ. 

ކިޔުންތެރިންގެ ހިޔާލު