ENGLISH

12 އޭޕްރީލު 2026

Advertisement

ކ. ހުރާ ސިއްހީ މަރުކަޒުގެ ކޮންކްރީޓް މަސައްކަތް ފަށައިފި

12 އޭޕްރީލު 2026

|

ހަނާން އަހުމަދު ނައީމް

ކ. ހުރާ ސިއްހީ މަރުކަޒު ހެދުމުގެ މަސައްކަތުގެ ތެރެއިން. ފޮޓޯ: އެމްޓީސީސީ

ކ. ހުރާ ސިއްހީ މަރުކަޒު ހެދުމުގެ މަޝްރޫގެ ދަށުން އެ މަރުކަޒުގެ ކޮންކްރީޓް މަސައްކަތް ފެށިފައިވާ ކަމަށް މޯލްޑިވްސް ޓަރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީ އިން މިކަން ހާމަކޮށްފައިވަނީ އެކްސްގައި ކުރި ޕޯސްޓެއްގައެެވެ.

އެ ގޮތުން އެ ޕޯސްޓުގައި ވަނީ، ހުރާގެ ސިއްހީ މަރުކަޒު އެޅުމަށް އެ ސަރަހައްދު ކޮނެ ނިންމުމަށްފަހު ލީން ކޮންކްރީޓްގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ހުރާގައި ތަރައްޤީކުރާ ސިއްހީ މަރުކަޒުގެ އައު އިމާރަތް އެޅުމުގެ މަޝްރުގެ ދަށުން 15،650 އަކަފޫޓުގެ ސަރަހައްދެއްގައި ދެ ފަންގިފިލާގެ އިމާރާތެއްގައި 16 އެނދުގެ ސިއްހީ ހިދުމަތްދޭ މަރުކަޒެއް ހެދުމަށް ވަނީ ހަމަ ޖެހިފައެވެ.

މިދިޔަ އަހަރު އޮގަސްޓު 21 ގައި އެމްޓީސީސީ އާ ހަވާލުކުރެވިފައިވާ މި މަޝްރޫއަކީ 27.23 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އަދި މި މަސައްކަތް ނިންމުމަށް ވަނީ 360 ދުވަސް ދީފައެވެ.

ހުރާގައި ސިއްހީ މަރުކަޒުގެ އައު އިމާރާތް އެޅުމުގެ މަޝްރޫއެއް ކުރިއަށްދާއިރު، އެރަށުގައި މި ސަރުކާރުން އިތުރު ގިނަ މަސައްކަތްތަކެއް ވެސް ކުރައްވާފައިވެއެވެ. އޭގެ ތެރޭގައި، ބަނދަރުގެ މަސައްކަތްތަކާއި ފެނާއި ކަރަންޓު އަދި ނަރުދަނާގެ ހިދުމަތް ރަނގަޅުކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު