ENGLISH

11 އޭޕްރީލު 2026

Advertisement

އުމްރާގެ އަޅުކަމަށްފަހު ރައީސްގެ ދެކަނބަލުން މާލެ ވަޑައިގެންފި

11 އޭޕްރީލު 2026

|

ޢަލީ ޝަހީމް

އުމްރާގެ އަޅުކަމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މާލެ ވަޑައިގަތުން. ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށް ސަޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފިއެވެ.

ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސަޢޫދީޢަރަބިއްޔާއަށް ފުރާވަޑައިގަތީ މިހިނގާ އެޕްރީލު މަހުގެ 6 ވަނަ ދުވަހުއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މާލެ ވަޑައިގެންނެވުމުން، މަރުޙަބާ ދެންނެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲގެ އިތުރުން ދައުލަތުގެ ވަޒީރުންނާއި ސަރުކާރުގެ އިސްބޭފުޅުން ވަޑައިގެންފައިވެއެވެ.  

މި ދަތުރުފުޅުގެ މެހުމާންދާރީއާއި ހުރިހާ ޚަރަދެއް ހަމަޖައްސަވައިދެއްވާފައިވަނީ ސަޢޫދީޢަރަބިއްޔާގެ ސަރުކާރުންނެވެ. 

ކިޔުންތެރިންގެ ހިޔާލު