ENGLISH
11 އޭޕްރީލު 2026
ސައުތު އޭޝިއަން ޔޫތު ޗެމްޕިއަންޝިޕް: ޓީޓީގެ މިކްސް ޑަބަލްސް އިވެންޓުން ރާއްޖެ އަށް ދެ ރިހި މެޑަލް
11 އޭޕްރީލު 2026
|
މުބާރާތުގެ 19 އަހަރުން ދަށުގެ މިކްސް ޑަބަލްސް އިވެންޓުން ރިހި މެޑަލް ހާސިލްކުރި ރާއްޖޭގެ ދީމާ އަލީ (ވ) އާއި ޙަލަފް ރާފިޢު. ފޮޓޯ: ޓީޓީއޭއެމް
އެންމެ މަޤްބޫލު
އިންޑިއާގައި ކުރިއަށްދާ ސައުތު އޭޝިއަން ޔޫތު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ 15 އާއި 19 އަހަރުން ދަށުގެ މިކްސް ޑަބަލްސް އިވެންޓުން ރާއްޖޭގެ ކުޅުންތެރިން ރިހި މެޑަލް ހާސިލްކޮށްފިއެވެ.
މި މަހުގެ 8 އިން 11 ގެ ނިޔަލަށް އިންޑިއާގެ ޝިމްލާގައި ކުރިއަށްދާ މުބާރާތުގައި މުޅިއެކު ފަސް ޤައުމުން ވާދަކުރެއެވެ. އެއީ، ރާއްޖޭގެ އިތުރުން އިންޑިއާ، ނޭޕާލް، ސްރީ ލަންކާ އާއި ބަންގްލަދޭޝް އެވެ.
މުބާރާތުގެ 15 އަހަރުން ދަށުގެ މިކްސް ޑަބަލްސް އިވެންޓުން ރިހި މެޑަލް ހޯދީ ރާއްޖޭގެ މުޙައްމަދު ޙަލަފް ރާފިޢުއާއި އައިޝަތު އަލްސާ ނާފިޒްގެ ޕެއާ އިންނެވެ. މި ދެ ކުޅުންތެރިންގެ ޕެއާ ވަނީ ފައިނަލުގައި އިންޑިއާގެ އަދިތުޔާ ދާސްއާއި އަންކޮލިކާ ޗަކްރަބޯތީ އަތުން ބަލިވެފައެވެ.
އިންޑިއާގެ ޕެއާ އިން މި މެޗު ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. އެއީ 11-05، 11-04 އާއި 11-09 އިންނެވެ.
މުބާރާތުގެ 15 އަހަރުން ދަށުގެ މިކްސް ޑަބަލްސް އިވެންޓުން ރިހި މެޑަލް ހޯދި ރާއްޖޭގެ ޙަލަފް ރާފިޢު (ވ) އާއި އަލްސާ ނާފިޒް. --ފޮޓޯ: ޓީޓީއޭއެމް
ފަނަރަ އަހަރުން ދަށުގެ މިކްސް ޑަބަލްސް އިވެންޓުގެ ފައިނަލަށް ރާއްޖޭގެ ޙަލަފް ރާފިޢުއާއި އަލްސާ ނާފިޒް ދަތުރުކުރީ ސެމީ ފައިނަލްގައި 3-1 ސެޓުން ސްރީ ލަންކާގެ ޕެއާ ބަލިކޮށްގެންނެވެ.
މި މުބާރާތުގެ 19 އަހަރުން ދަށުގެ މިކްސް ޑަބަލްސް ފައިނަލުގައި ވާދަކުރި ރާއްޖޭގެ ޙަލަފް ރާފިޢުއާއި ފާތިމަތު ދީމާ އަލީގެ ޕެއާ ވަނީ ޕްރިޔަނޫޖް ބަޓަޗަރްޔާ އާއި ޖެނިފާ ވަރްގެސޭގެ ޕެއާ އަތުން ބަލިވެފައެވެ. މި މެޗުން އިންޑިއާގެ ޕެއާ ކުރިހޯދީ ސީދާ ތިން ސެޓުންނެވެ. އިންޑިއާގެ ޕެއާ މި މެޗު ގެންދިޔައީ 12-10، 11-02، އާއި 11-05 އިންނެވެ.
މީގެއިތުރުން، މި މުބާރާތުގައި ވާދަކުރީ ރާއްޖޭގެ 15 އަހަރުން ދަށުގެ އަންހެން ޓީމު ވެސް ވަނީ ޓީމް އިވެންޓް ބައިން ރިހި މެޑަލް ހާސިލްކޮށްފައެވެ.