ENGLISH
03 ޖޫން 2026
ނަޝީދަކީ މި ޤައުމުގެ ހަލާކު: މެންބަރު ރިފާޢު
02 ޖޫން 2026
|
މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު މަޖިލީހުގައި ވާހަކަ ދައްކަވަނީ
އެންމެ މަޤްބޫލު
ކުރީގެ ރައީސް މުޙައްމަދު ނަޝީދަކީ މި ޤައުމުގެ ހަލާކު ކަމަށް މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާޢު ވިދާޅުވެއްޖެ އެވެ.
ރިފާޢު މިހެން ވިދާޅުވީ ރައީސް މުޢިއްޒަށް ފާޑުވިދާޅުވެ ނަޝީދު ކުރެއްވި ޕޯސްޓަށް ރައްދު ދެއްވަމުންނެވެ. ރިފާޢު ވިދާޅުވީ ނަޝީދުގެ ވެރިކަމުގައި މުޅި ދައުލަތް ދަރުވާލި ކަމަށެވެ. އަދި މަސްތުވާތަކެތި އާންމުކޮށް "ބޯންވާނެ، ބޮވެންވާނެ" ކަމަށް ޕްރޮމޯޓް ކުރި ކަމަށެވެ.
އަދި ދިވެހި ޤައުމުގެ އިޖްތިމާޢީ ފޭރާން މުޅީން ހަލާކުކޮށްލި ކަމަށެވެ. މީގެ އިތުރުން އިސްލާމް ދީނާއި މުޅި މުޖްތަމަޢު ދުރުކުރުން ނޫން ކަމެއް ކުރިތޯ ސުވާލު ކުރެއްވި އެވެ.
"ތީ މި ޤަައުމުގެ ހަލާކު،" ނަޝީދަށް ނިސްބަތް ކުރައްވާ ރިފާޢު ވިދާޅުވި އެވެ.
ރިފާޢު ވަނީ ޤައުމަށް، ރައީސް މުޢިއްޒުގެ ޒަޢާމަތުގައި މިއަދު ގެނެސްދެއްވާފައިވާ ހަމަޖެހުން ޚަރާބުކޮށް އަނެއްކާވެސް އަނދަވަޅަކަށް ވައްޓާލަން ނަޝީދު ކުރާ މަސައްކަތް ދިވެހީން ޤަބޫލުނުކުރާނެ ކަމަށެވެ.
"މަނިކުފާާނަށް ހަމަ ރަނގަޅުވާނީ އަލުން އެފްރިކާއަށް ދިއުން،" ރިފާޢުގެ ޕޯސްޓްގައި ވިދާޅުވެފައިވެ އެވެ.