ENGLISH
11 އޭޕްރީލު 2026
ފީއަލީ އަލިފާނުގެ ހާދިސާގައި ފިހުނު މީހާ ވެންޓިލޭޓަރުގައި
11 އޭޕްރީލު 2026
|
ފީއަލި އަލިފާނުގެ ހާދިސާގެ ތެރެއިން
އެންމެ މަޤްބޫލު
ފ.ފީއަލީ ބަނދަރުގައި އަޅާފައި އޮތް ތެޔޮ ބޯޓެއްގައި ރޯވެގެން ހިނގާދިޔަ ހާދިސާގައި ފިހުނު މީހާ މިހާރު އޮތީ ވެންޓިލޭޓަރުގައި ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން ފިހިފައިވަނީ އުމުރުން 39 އަހަރުގެ ބިދޭސީއެކެވެ.
އެމީހާގެ ހަށިގަނޑުގެ 60 އިންސައްތަ ފިހިފައިވާއިރު، އޭނާއަށް ފުރަތަމަ ފަރުވާދީފައިވަނީ ފީއަލީ ސިއްހީ މަރުކަޒުގައެވެ. އެހެންނަމަވެސް، ހާލު ސީރިއަސްވުމުން މިހާރު އޭނާއަށް ފަރުވާ ދެމުންދަނީ މާލެ ގެނެސް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް) ގައެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން މައުލޫމާތުދިން ގޮތުގައި، ފީއަލީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި އަލިފާން ރޯވެގެން ރިޕޯޯޓްކުރީ އޭޕްރީލް 9 ވަނަ ދުވަހުގެ ހެނދުނު 09:15 ހާއިރުއެވެ.
މި ހާދިސާގައި ތެޔޮ ބޯޓުގެ އިތުރުން ބަނދަރުގައި އަޅާފައި އޮތް ދެ ދޯންޏަކަށް ވެސް އަލިފާނުގެ އަަސަރުކޮށްފައިވެއެވެ.
މީގެ އިތުރުން، އަލިފާންގަނޑު ފެތުރިގެން ގޮސް ބަނދަރު ސަރަހައްދުގައި ހުރި އައިސްޕްލާންޓުގައި ވެސް ވަނީ އަލިފާން ރޯވެ، ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.
ފުލުހުން އަންނަނީ މި ހާދިސާ ތަހުގީގުކުރަމުންނެވެ.