ENGLISH
29 މާރިޗު 2026
އަޅުގަނޑުގެ ފަލްސަފާއަކީ ޒުވާނުންގެ ބައިވެރިވުން އޮވެގެން ގައުމު ތަރައްޤީކުރުން: ރައީސް
28 މާރިޗު 2026
|
ރައީސް ޒުވާނުންނާ ބައްދަލުކުރުމުގެ ހަފްލާގެ ތެރެއިން. ފޮޓޯ: ޕީއެސްއެމް
އެންމެ މަޤްބޫލު
އެމަނިކުފާނުގެ ފަލްސަފާއަކީ ޒުވާނުންގެ ބައިވެރިވުމާއެކު ގައުމެއް ތަރައްޤީކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، މިރޭ ޒުވާނުންނާ އެކު ބޭއްވެވި "އެސްޕްރެސޯ ވިތް ރައީސް" ހަރަކާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު ދެކިލައްވާ ގޮތުގައި ގައުމެއްގެ ތަރައްޤީގެ މަޝްރޫތަކާއި އެހެނިހެން ކަންކަން ކުރިއަށް ގެންދިއުމަށް ނިންމާއިރު ޒުވާނުންގެ ބަހެއް އޮތުން މުހިންމު ކަމަށެވެ.
ރައީސުލްޖުމްހުރިއްޔާ އިތުރަށް ވިދާޅުވީ، އެމަނިކުފާނު އަބަދުވެސް މަސައްކަތް ކުރައްވަނީ ތައުލީމީ ދާއިރާއިންނާއި، ވަޒީފާގެ ރޮގުންނާއި އަދި އެހެނިހެން ދާއިރާތަކުން ވެސް ޒުވާނުންނަށް ވީހާވެސް ގިނަ ފުރުސަތުތަކެއް ފަހިކޮށްދިނުމަށް ކަމަށެވެ.
"އަޅުގަނޑުގެ ފަލްސަފާއަކީ ޒުވާނުންގެ ތަރައްޤީ އޮވެގެން ޤައުމެއް ތަރައްޤީކުރުން. ގަބޫލުކުރާ ހަމައަކީ ވެސް އެއީ" ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ މީގެކުރިން ވެސް އެމަނިކުފާނު އިއުލާނުކުރެއްވި ފަދައިން މަޖިލީހުގެ %30 އިންސައްތަ އަކީ ޒުވާނުންކަމުގައި ވުމަށް އެދިލައްވާކަމަށް ފާހަގަކުރައްވާފައެވެ. އަދި ގައުމުގެ އެންމެ މުހިންމު ނިންމުންތައް ނިންމެވުމުގައި ޒުވާނުންގެ ބަހެއްވެސް އެކަންކަމުގައި އޮތުން މުހިންމު ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.