ENGLISH
29 މާރިޗު 2026
ރަސްމީ ދަތުުރުފުޅެއްގައި ވަޒީރު ޑރ. ޝަހީމް ސަޢުދީއަށް
28 މާރިޗު 2026
|
ވަޒީރު ޝަހީމް، ސައުދީގެ ހައްޖާއި އުމްރާއާ ބެހެ ވަޒީރާއެކު. ފޮޓޯ؛ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ
އެންމެ މަޤްބޫލު
އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، ރަސްމީ ދަތުރުފުޅެއްގައި ސަޢުދީ ޢަރަބިއްޔާއަށް ފުރާވަޑައިގަންނަވައިފި އެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ ވަޒީރުގެ މި ދަތުރުފުޅަކީ މަދީނާގައި ކުރިއަށްދާ 'ޢުމްރާ އެންޑް ޒިޔާރާ ފޯރަމް 2026’ގައި ބައިވެރިވެލެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. މި ދަތުރުފުޅުގައި، ހުޅުމާލޭގައި ބިނާކުރުމަށް ހަމަޖެހިފައިވާ ބޮޑު މިސްކިތް ޢިމާރާތް ކުރުމުގެ ފަހުމުނާމާގައި ސަޢުދީ ޢަރަބިއްޔާގެ ކުންފުންޏަކާއި ދެމެދު އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައިވާކަމަށް ވުޒާރާއިން ބުނެ އެވެ.
ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ދިވެހިރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާއި ދެމެދުވާ ގުޅުން ވަނީ އިތުރަށް ހަރުދަނާވެގެންގޮސްފަ އެވެ. މިގޮތުން ޙައްޖާއި ގުޅޭ ކަންކަމުގައި ސަޢުދީ ސަރުކާރުން އަންނަނީ ދިވެހިރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ދެއްވަމުން ނެވެ.
އަދި ސަޢުދީ ޢަރަބިއްޔާގެ ޙައްޖާއި ބެހޭ ވުޒާރާއާއި، އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި ގުޅިގެންވެސް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގައި ހުންނަ ސަޢުދީ ޢަރަބިއްޔާގެ އެމްބަސީއާއި ވުޒާރާއާއި ގުޅިގެންވެސް މުހިއްމު މަސައްކަތްތަކެއް އަންނަނީ ކުރަމުން ނެވެ.