ENGLISH
24 މާރިޗު 2026
ރައީސް ގަލޮޅު އުތުރަށް؛ ދެވަނަ ޒިޔާރަތުގައިވެސް އެތައް ރައްޔިތުންނެއްގެ އަޑު އެއްސެވި
24 މާރިޗު 2026
|
ގަލޮޅު އުތުރަށް ރައީސް ކުރެއްވި ޒިޔާރަތުގެ ތެރެއިން، ފޮޓޯ: ޕީއެންސީ
އެންމެ މަޤްބޫލު
ބަރަކާތްތެރި ރަމަޟާން މަހުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މާލެ ސިޓީގެ އެކި ދާއިރާތަކުގައި ކުރިއަށްގެންދެވި "ދޮރުން ދޮރަށް" ހަރަކާތުގެ ދެވަނަ ބުރުގައި މިއަދު ގަލޮޅު އުތުރަށް ވަޑައިގެން އެ ދާއިރާގެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި އުދާސްތައް އަޑުއެެއްސެވުމުގައި ގިނަ ވަގުތުތަކެއް ހޭދަކުރައްވަައިފިއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއިން މާލެ ސިޓީގެ ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް މާލޭގެ އެކި ދާއިރާތަކަށް ޒިޔާރަތްކުރައްވަައި ގެތަކަށް ވަޑައިގެން ރައްޔިތުންނާއެކު ވަގުތު ހޭދަކުރެއްވުުމުގެ މަސައްކަތް ރައީސް ފެއްޓެވީ ފާއިތުވި ރަމަޟާން މަހުގެ ތެރޭގައެވެ.
ރަމަޟާން މަސް ނިމުމުގެ ކުރިން އެމަނިކުފާނުވަނީ މާލޭގެ 17 ދާއިރާއަށް ޒިޔާރަތްކުރައްވައި، އެ ދާއިރާތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ. އަދި އީދުގެ ކުރިން އެމަނިކުފާނުވަނީ ދެވަނަ ބުރަށް ދާއިރާތަކަށް ޒިޔާރަތްކުރައްވަން ފައްޓަވާފައެވެ.
ދާއިރާތަކަށް ކުރައްވަމުންދާ ޒިޔާރަތުގެ ތެރެއިން ބައެއް ގެތަކަށް ވަޑައިގެން އެ ގެތަކުގައި ދިރިއުޅޭ ރައްޔިތުންގެ ހާލު ބައްލަވައި ކަންބޮޑުވުންތަައް އޮޅުންފިލުއްވައި، އާއިލާތަކާއެކު ވަގުތު ހޭދަކުރައްވައެވެ. އަދި އެއް ގެއިން އަނެއް ގެއަށް ވަޑައިގަންނަވާ މަގުމަތީ ބައްދަލުވެވަޑައިގަންނަވާ އާއްމު ބޭފުޅުންނާ ވާހަކަދައްކަވައި ހާލު ބެއްލެވުމުގައި ވަގުތު ހޭދަކުރައްވައެވެ.
ރައީސަކީ މާލެ ސިޓީގެ މޭޔަރުކަމުގައި ތާވަލެއްގެ ދަށުން ހަފުތާއަކު އެއްފަހަރު މާލޭގެ ކޮންމެވެސް ދާއިރާއަކަށް ވަޑައިގެން އެ ދާއިރާއެއްގެ ކައުންސިލަރާއެކު ރައްޔިތުންގެ ހާލުކޮޅު ބައްލަވަމުން ގެންދެވި ބޭފުޅެކެވެ. އަދި ވެރިކަމަށް ވަޑައިގެން ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވިއެވެ. މާލޭގެ ހުރިހާ އަވަށްތަކެއްގެ ރައްޔިތުންންނާ ވަކިވަކިން އެމަނިކުފާނު ބައްދަލުކުރައްވާފައިވެއެވެ.
ރައީސްގެ މިފަދަ ހަރަކާތްތަކުގެ ތެރެއިން މީޑިޔާއަށް މައުލޫމާތު ދޭ އާއްމުންގެ ގިނަ މީހުން ބުނަމުންދަނީ ރައީސް ޑރ.މުޢިއްޒުހާ ރައްޔިތުންނާ ގާތުން ވެރިކަންކުރައްވާ، ރައްޔިތުންނާ އެހައި ގިނައިން ބައްދަލުކުރައްވާ ވެރިއަކު އެ ބޭފުޅުން ދެކެވަޑައިނުގަންނަވާ ކަމަށެވެ.